logoEN
cocacola
ވެމްކޯގެ ހިދުމަތް ފުޅާކޮށް ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ވެމްކޯގެ ހިދުމަތް ފުޅާކޮށް ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

އަހުމަދު ޝުރާއު

logo

7/11/2024, 4:15:34 PM

# ވެމްކޯ

--

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) ގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ރިސޯޓްތަކުން ކުނި ނެގުމުގެ ޚިދުމަތް ފަށައިފި އެވެ.

ގޮސިޔާ

މި ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ ހިދުމަތް ފެށުމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ. އެގޮތުން މިއަދުގެ ރަސްމިއްޔާތުގައި ވެމްކޯއިން ވަނީ ހިދުމަތް ހޯދުމަށް ފުރަތަމަ ރަޖިސްޓްރީކޮށް ހިދުމަތަށް އެދިފައިވާ ދެ ރިސޯޓަކާއި އެކު ސޮއިކޮށްފައި އެވެ.

އެގޮތުން ވެމްކޯއިން ސޮއިކޮށްފައިވަނީ ކޮރާ ކޮރާ މޯލްޑިވްސްއާއި، އަލީލާ ކޮތައިފަރާ ރިސޯޓާއި އެކުގައި އެވެ. މި ރިސޯޓުތަކާއި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލު އެވެ. އަދި ރިސޯޓުތަކުގެ ފަރާތުން ސޮއިކުރެެއްވީ އެރިސޯޓުތަކުގެ މެނޭޖްމެންޓުގެ އިސްވެރިންނެވެ. މިއަދުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

View post on Twitter

ވެމްކޯއިން ބުނީ އެކުންުފނިން ރިސޯޓް ވޭސްޓް ކަލެކްޝަންގެ ޙިދުމަތް އިފްތިތާހުކުރީ ރިސޯޓްތަކުން، ވެމްކޯގެ ސަރަޙައްދީ ޓްރާންސްފާރ ސްޓޭޝަންތަކަށް ކުނި ގެންދިޔުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭތީ، މި މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށާއި އެހެންކަމުން، މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދިނުމުގެ ޚިދުމަތްދޭނެކަމަށެވެ.

ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ގަވައިދުގައިވާގޮތުންނަމަ، ރިސޯޓްތަކުން ކުނި ނަގަންވާނީ ޕްލާސްޓިކް، ބަދިގެ ކުނި، ބިއްލޫރި، މައުދަން އަދި އެހެނިހެން ކުނި ހިމެނޭހެން 4 ބަޔަށް ވަކިކުރުމަށް ފަހުގަ އެވެ. އަދި މިހަމަތަކުގެ މަތީން ކުނި ވަކިކުރުމުން، ދެމެހެއްޓިނިވި ގޮތެއްގައި ފަތުރުވެރިކަމަށްވެސް ރަނގަޅު އަސަރުތަކެއް ކުރާނެއެވެ.

ވެމްކޯއިން މި ހިދުމަތް މިއަދު ފެށި އިރު ރާއްޖޭގެ ރިސޯޓުތަކުން ކުނި ނެގުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށާނެކަން ސަރުކާރުން އިއްޔެ ވަނީ ހާމަކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ