
ރާއްޖޭގައި ހަދާ ކޮންމެ ގާނޫނެއްގެ މަސްދަރަކީ އިސްލާމްދީން, މަރުގެ ހުކުން އުވައެއް ނުލެވޭނެ - އިހްސާން
# މިނިސްޓަރ އިހްސާން--
ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނެ ކަމަށާއި އެ ހުކުމް އުވާލައިފިނަމަ ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަދަނީ އަދި ސިޔާސީ ހައްގުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކާ ބެހޭ ރިޕޯޓު އދއަށް އިއްވުމަށް ޖެނީވާގައި އޮތް ސެޝަނުގައި ރިވީއު ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާނު ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީގެ ބިންގަލަކީ އިސްލާމްދީން ކަމަށެވެ. މިއާއި އެކު މަރުގެ ހުކުމް އުވާލައިފި ނަމަ ރާއްޖޭގެ ގާނޫނުއަސީސާއި ހިލާރުވެވޭވެ ކަމަށް އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކަކީ ރައްޔިތުންގެ ރުހުން އޮތް ގާނޫނުތަކެއް ކަމަށާއި އެހެންކަމުން މަރުގެ ހުކުމް އުވާލައިފި ކަމަށްވާ ނަމަ ގާނޫނުއަސާސީއާ އެންމެންނަށްވެސް ހިލާފުވެވޭނެ ކަމަށެވެ.
ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅަނީ ދިވެހި ޖިނާއީ ގާނޫނުގައި ބަޔާންކުރާ އެންމެ ބޮޑެތި ކުށްތަކަށް އެކަނި ކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭ ހާލަތެއްގައި އެ ހުކުމް ތަންފީޒު ކުރާނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުމުން ކަމަށެވެ.
އިހުސާން ވިދާޅުވީ 1954 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އަދި މިހާތަނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ނުވާ ކަމަށާއި މަރުގެ ހުކުމް އިއްވާފައިވާ 16 މި ވަގުތު ރާއްޖޭގައި އެބަތިބި ކަމަށާއި އޭގެ ތެރެއިން ހަތަރު މީހެއްގެ އިސްތިއުނާފް މަރުހަލާ ނިމިފައިވާ ކަމަށެވެ.
މާފުށީ ޖަލުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހަދާފައިވާ ފެސިލިޓީއާ ބެހޭގޮތުން އިހްސާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގާއިމުކޮށްފައިވާ އެ ފެސިލިޓީއަކީ ގާނޫނީ ފްރޭމްވޯކްގެ ތެރެއިން މަރުގެ އަދަބު ތަންފީޒު ކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށާއި ނަމަވެސް އެ ފެސިލިޓީގައި މަރުގެ ހުކުމެއް އަދި ތަންފީޒު ކޮށްފައި ނުވާ ކަމަށެވެ.
ގުޅުންހުރި

އިހްސާނުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!

911 އަށް ހުށައަޅާ މައްސަލަތައް ކަމާގުޅުން ހުރި ހުރިހާ އިދާރާތަކަށް ވަގުތުން ފޯރުކޮށްދެވޭނެ: އިހްސާން
-1730097172741.webp&w=3840&q=75)
ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް ގާއިމްނުކުރެވި 72 ރަށެއް އޮތް: އިޙްސާން
