logoEN
cocacola
އިންޑިއާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 18 މީހުން މަރުވެއްޖެ

އިންޑިއާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 18 މީހުން މަރުވެއްޖެ

އަހުމަދު ޝުރާއު

logo

7/10/2024, 6:17:18 PM

# އިންޑިއާ

--

އިންޑިޔާގެ އުތުރުގައި ހިނގި ބަސް އެކްސިޑެންޓެއްގައި ކުޑަކުއްޖަކާއެކު 18 މީހުން މަރުވެއްޖެއެވެ.

ގޮސިޔާ

އިންޑިއާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓްގައި ބުދަ ދުވަހުގެ ފަތިހު ހިނގި މި އެކްސިޑެންޓްގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ދަތުރުކުރަމުން ދިޔަ ބަސް ވަނީ ކިރު ހިފައިގެން ދިޔަ ޓޭންކަރެއްގެ ފުރަގަހުގައި ޖެހި ބޮޑެތި ގެއްލުންތަކެއް ލިބިފައި އެވެ.

އިންޑިއާގެ ބްރޯޑްކާސްޓަރު އެންޑީޓީވީއިން އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ އެކްސިޑެންޓުގައި ދެ އުޅަނދު ޖެހުނު ބާރު ކަމުން ވެހިކަލުން މީހުން ބޭރަށް އެއްލާލި ކަމަށެވެ. އަދި ގިނަ ބަޔަކު މަރުވާން ދިމާވީ އެސަބަބާއި ހެދި ކަމަށް މިހާތަނަށް ބެލި ބެލުމުން އިނގިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަރުވި 18 މީހުންގެ އިތުރުން އިތުރު 19 މީހަކު ޒަހަމްތަކާއި އެކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އާދިތުޔަނާތު ވަނީ މި އެކްސިޑެންޓަކީ ހިތް ދަތިވާ އެކްސިޑެންޓެއް ކަމަށް ސިފަކުރައްވައި ޒަހަމްވި މީހުންނަށް އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އޮފިޝަލުންނަށް އަންގަވާފަ އެވެ.

ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ބްރަޖޭޝް ޕަތަކް އޭއެންއައި ނިއުސް އެޖެންސީއަށް ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ހިންގާނެ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ސޯޝަލް މީޑިއާގައި ތައުޒިޔާ ފޮނުއްވައި، މަރުވި މީހުންނަށާއި އެމީހުންގެ ގާތް ތިމާގެ މީހުންނަށް ދައުލަތުން ބަދަލު ދޭން ނިންމަވާފައިވާކަން ހާމަކުރައްވާފައި އެވެ.

އެގޮތުން މަރުވި މީހުންގެ ގާތް ތިމާގެ މީހުންނަށް ދެ ލައްކަ ރުޕީސް (2،400 ޑޮލަރު) އަދި ޒަހަމްވި މީހުންނަށް 50،000 ރުޕީސް (600 ޑޮލަރު) ލިބޭނެ ކަމަށް އެގައުމު ސަރުކާރުން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ