logoEN
cocacola
ކަލްކަތާގެ މެޑިކަލް ކޮލެޖު ރޭޕް ކޭސް: ހެއްކަށް ނުފޫޒުފޯރުވި ކަމުގެ ތުހުމަތުގައި ކޮލެޖުގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފި

ކަލްކަތާގެ މެޑިކަލް ކޮލެޖު ރޭޕް ކޭސް: ހެއްކަށް ނުފޫޒުފޯރުވި ކަމުގެ ތުހުމަތުގައި ކޮލެޖުގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

9/15/2024, 11:41:42 AM

# އިންޑިއާ

--

އިންޑިއާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ކަލްކަތާގެ މެޑިކަލް ކޮލެޖެއްގެ ކުރީގެ ޕްރިންސިޕަލް ޖޫނިއާ އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅުން ހުރި ހެކިތަކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި އިންޑިއާގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީން ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

އާރްޖީ ކަރް މެޑިކަލް ކޮލެޖުގެ ކުރީގެ ޕްރިންސިޕަލް ޑރ ސަންދީޕް ގޯޝް އާއި ފުލުސް އޮފިސަރު އަބީޖީތު މޮންޑާލް ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިންނެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޯޝް އާއި އެހެނިހެން ފަރާތްތަކުން ވަނީ އަނިޔާ ލިބުނު ކުއްޖާގެ މަރުގެ އިއުލާނު ކުރުން ލަސްކޮށް، ފުލުހުންގެ ރަސްމީ މައްސަލައެއް ކަމަށްވާ ފަސްޓް އިންފޮމޭޝަން ރިޕޯޓް (އެފްއައިއާރު) ހުށަހެޅުން ވެސް ލަސްކޮށް، މުހިންމު ހެކިތައް ނައްތާލާފައިވާ ކަމަށް ބުނެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އެ ކޮލެޖުގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުވެސް ކުރެވޭ ގޯޝް ސީބިއައިއޭއިން ހައްޔަރުކުރި އިރު އޭނާ ހުރީ ޝަރުއީ ބަންދުގައެވެ.

އޮގަސްޓް މަހުގެ ކުރީކޮޅު މެޑިކަލް ކޮލެޖުން އުމުރުން 31 އަހަރުގެ އަންހެން މީހާގެ ހަށިގަނޑު ފެނުމާ އެކު މުޅި ގައުމުގައި ވަނީ ދާހިލީ ހަމަނުޖެހުންތަކެއް އުފެދި، މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ރައްކާތެރިކަން އިތުރުކޮށް، އަނިޔާ ލިބުނު މީހާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މުޒާހަރާތައް ފެށިފައި އެވެ. އަންހެން މީހާ ފެނުނު އިރު އޭނާ އޮތީ ރޭޕްވެސްކޮށްލާފައި އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި މިވަނީ ކޮލްކަތާ ގެ ފުލުހުން އަންހެން މީހާ ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތު ކުރެވޭ ހޮސްޕިޓަލުގެ މުވައްޒަފު ހައްޔަރުކޮށް ރޭޕްކޮށް މަރާލުމުގެ ދައުވާ އުފުލިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ