
--
ރާއްޖެ އިސްތިހާރުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން, އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ބައްސާމް އާދަމް އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ބައްސާމް އިސްތިއުފާ ދެއްވިކަން ރަސްމީކޮށް ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އިއްޔެ ވަނީ ބައްސާމް އާއި އެމްއެމްޕީއާރްސީގެ އިސް މުވައްޒަފަކު މަގާމުން ވަކިކޮށްފައިވާ ކަމަށް ބައެއް މީޑިއާ ތަކުގައި އަޑުފެތުރިފައިއެވެ.
ނަމަވެސް މިއަދު ބައްސާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރުގެ ހަރަދު ކުޑަކުރުމަށްޓަކައި އަޅުއްވަމުން އަންނަ ފިޔަވަޅުތަކަށް އެއްބާރުން ދިނުމުގެ ގޮތުން އެމްއެމްޕީއާރްސީގެ ޑީއެމްޑީކަމުން ފުރިހަމަ އިހްތިރާމާއި އެކު އިސްތިއުފާ ދެއްވާ ކަމަށެވެ.
އަދި އެފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް މުއިއްޒުއަށް ބައްސާމް މަރުހަބާ ދަންނަވައި ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަށް ވެވެން އޮތް ކޮންމެ އެހީއެއް ފޯރުކޮށްދެއްވާނެ ކަމަށާއި ގައުމުގެ މިސްރާބު ހަމަ މަގަށް އެޅުވުމަށް ރައީސް މުއިއްޒު ކުރައްވަމުން އަންނަ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ބައްސާމް މަގާމުން އިސްތިއުފާ ދެއްވި އިރު ސަަރުކާރުގެ ކުންފުނިތަކުގައި 2 ޑީއެމްޑީއިން ތިއްބެވި ކުންފުނިތަކުގައި ޑީއެމްޑީއިންގެ ގޮތުގައި އެއް ބޭފުޅަކު ހަމަޖައްސެވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވަނީ މި ނޫހަށް މައުލޫމާތު ލިބިފައި އެވެ.
ގުޅުންހުރި

ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރުވަން އެމްއެމްޕީއާރްސީއިން އެމެރޭޓްސް އާއި ގަތަރު އެއާވޭސްއާއި އެކު އެއްބަސްވެމެއް!

ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!

ވިޒިޓް މޯލްޑިވްސް ހެކަތޯން ރަސްމީކޮށް ފަށައިފި
