logoEN
Sto top
ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!

ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!

އަހުމަދު ޝުރާއު

logo

3/13/2025, 10:12:47 AM

# އެމްއެމްޕީއާރުސީ# ލިވަޕޫލް

--

ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބު, ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސައިފި އެވެ.

Wamco

ލިވަޕޫލް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު މަލްޓި އިޔާ ގްލޯބަލް ޕާޓްނާޝިޕަކަށް އެއްބަސްވެފައިވާކަން އެކްލަބުން މިއަދު ވަނީ ކަށަވަރުކޮށްދީފައި އެވެ.

މިކަން ހާމަކޮށް ލިވަޕޫލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކްލަބުގެ ފިރިހެން އަދި އަންހެން ޓީމް ހިމެނޭ މި ޕާޓްނާޝިޕްގެ ސަބަބުން ދުނިޔޭގެ ފެންވަރުގެ ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި އާއި ރާއްޖޭގެ ތަރިކަ އާއި ހިތްގައިމު ތަންތަން އިޝްތިހާރުވެގެންދާނެ ކަމަށެވެ. އެގޮތުން މި ޕާޓްނާރޝިޕާއި އެކު ލިވަޕޫލްގެ ދަނޑުތަކާއި މީސް މީޑިއާ ޕްލެޓްފޯމުތަކުގައިވެސް ރާއްޖެ އިޝްތިހާރުކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

ލިވަޕޫލްއިން މި ޕާޓްނަރާޝިޕް ސިފަކޮށްފައިވަނީ ދުނިޔޭގެ "ނަން މަޝްހޫރު ދެ ބްރޭންޑެއް" ގުޅުނު ޕާޓްނާރޝިޕަކަށެވެ.

މި ޕާޓްނާޝިޕް އިފްތިތާހުކުރުމަށް ލިވަޕޫލްއިން ވަނީ އެކްލަބުގެ ސަޕޯޓަރުންނަށް މައިއެލްއެފްސީގެ ހިތްގައިމު މުބާރާތެއް މެދުވެރިކޮށް ފްލައިޓްތަކާއި އެކޮމޮޑޭޝަން ހިމޭހެން ފަސް ދުވަހުގެ ޗުއްޓީއެއް ދޭން ނިންމާފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside