
ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރުވަން އެމްއެމްޕީއާރްސީއިން އެމެރޭޓްސް އާއި ގަތަރު އެއާލައިންސްއާއި އެކު އެއްބަސްވެމެއް
# އެމްއެމްޕީއާރުސީ--
ރާއްޖޭގެ ފަތުރުވެރިކަން ކުރި އެރެުވުމަށް މަސައްކަތް ކުރުމަށް މެދު އިރުމަތީގެ އެންމެ ބޮޑު ދެ އެއާލައިންއާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ އެމްއެމްޕީއާރްސީން ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިހާރު ދުބާއީގައި ކުރިޔަށްދާ އޭރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2025 ގެ ހަވާސާގައި އެވެ. ރާއްޖެއިން ސޮއިކޮށްފައިވަނީ އެމިރޭޓްސް އާއި ގަތަރު އެއާވޭސްއާއި އެކުގައި އެވެ.
ވަކިވަކީން ބޭއްވި ރަސްމިއްޔާތުތަކުގައި މި އެއްބަސްވުންތަކުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރީ އިބްރާހީމް ޝިއުރީ އެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްއެމްޕީއާރްސީން ބުނީ މި އެއްބަސްވުންތަކުގެ ދަށުން، ދެ ފަރާތުން ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރާނެއެވެ. ޤަތަރު އެއަރވޭޒް އާއި އެމެރިޓޭސް އެއާލައިންގެ ވިއުގައިގެ ތެރެއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އަމާޒުކޮށް، އެކި ގައުމުތަކުގައި ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމަށް ވެސް ރޭވިފައިވާ ކަމަށެވެ.
ޓުއަރިޒަމް މިނިސްޓްރީން ހާމަކުރާ ގޮތުގައި މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް އުއްމީދުކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލު ޓޫރިސްޓް މަންޒިލުގެ ގޮތުގައި ދެމެހެއްޓުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށްވެސް ބެލެވޭ ކަމަށެވެ.
ގުޅުންހުރި

ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރުވަން އެމްއެމްޕީއާރްސީއިން އެމެރޭޓްސް އާއި ގަތަރު އެއާވޭސްއާއި އެކު އެއްބަސްވެމެއް!

ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!

ވިޒިޓް މޯލްޑިވްސް ހެކަތޯން ރަސްމީކޮށް ފަށައިފި
