
ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު އެމެރިކާގެ ވިޔަފާރިވެރިންނާއި ހިއްސާކޮށްފި
# އެކޮނޮމިކް މިނިސްޓްރީ--
ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު އެމެރިކާގެ ވިޔަފާރިވެރިންނާއި ހިއްސާކޮށްފި އެވެ.

އެކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ވިޔަފާރިވެރިންގެ މައި ޖަމްޢިއްޔާ، ޗެމްބާ އޮފް ކޮމާރސްގެ ފަރާތުން އިންތިޒާމުކުރި ބައްދަލުވުމެއްގައި ވަނީ ބައިވެރިވެވަޑައިގެން އެމެރިކާގެ ވިޔަފާރިވެރިންނާައި ބައްދަލުކުރައްވާފައި އެވެ.
މިނިސްޓަރުގެ އަރިހުގައި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއި އެމެރިކާގައި ހުންނަ ދިވެހި މިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރު ސައީދު އެމެރިކާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުންތައް ވަރުގަދަކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމެވެ.
އެގޮތުން މިނިސްޓަރުގެ ދަތުރުފުޅުގެ ތެރެއިން ގިނަ މަޝްވަރާތަކެއް އެގައުމުގެ ކަމާގުޅުންހުރި ފަރާތްތަކާއި އެކު ކުރުމަށް ވަނީ ނިންމާފައި އެވެ.
ގުޅުންހުރި

ނ. އަތޮޅު ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަދީފި
.webp&w=3840&q=75)
ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދިޔަ 11 ވިޔަފާރިއެއް ހުއްޓުވައިފި
.jpeg&w=3840&q=75)




