
ޣައްޒާ ދޫކޮށް ދިޔުމަށް އިންޒާރުދީ ޔަހޫދީ އަސްކަރީ ބޯޓުތަކުން ޣައްޒާއަށް ލީފްލެޓްތަކެއް އޮއްސާލައިފި
# ޣައްޒާޣައްޒާ ދޫކޮށް ދިޔުމަށް އިންޒާރުދީ ޔަހޫދީ އިޒްރޭލުގެ އަސްކަރިއްޔާގެ ބޯޓުތަކުން ޣައްޒާއަށް ލީފްލެޓްތަކެއް އޮއްސާލައިފި އެވެ.

ޔަހޫދީންގެ އަސްކަރީ ބޯޓުތަކުން މިއަދު ޣައްޒާއަށް އޮއްސާލި ލީފްލެޓުތަކުގައި ބުނެފައިވަނީ ދީރް އަލް ބަލާހާއި އަޒް ޒަވައިދާގެ ހިޔާތަކަށް އާއްމުން ގެންދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސޭފް ކޮރިޑޯތައް ހުޅުވާފައިވާ ކަމަށާއި ޣައްޒާ ސިޓީއަކީ މިވަގުތު ހަނގުރާމައިގެ އެންމެ މުހިންމު ސަރަހައްދުކަމުން އެސަރަހައްދު ދޫކޮށް ދިޔުމަށެވެ.
"ޣައްޒާ ސިޓީ އަކީ ނުރައްކާތެރި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ދެމިއޮންނާނެ،" ނޯޓިސްތަކުގައި ވެ އެވެ.
ނަމަވެސް މިދިޔަ އޮކްޓޫބަރު މަހު ހަނގުރާމަ ފެށި ފަހުން އިސްރާއީލުން ފަލަސްތީނު މީހުން އެތައް ފަހަރެއްގެ މަތިން ފިލަން މަޖުބޫރުކޮށްފައިވާތީ "އިވެކުއޭޝަން" މި ލަފުޒު ބޭނުންކުރުމާ މެދު ކެމްޕެއިން ކުރާ ފަރާތްތަކުން ސުވާލު އުފައްދަ އެވެ.
ފަލަސްތީނު މީހުން އެހެން ތަނަކަށް ބަދަލުވާން އެންގި އެސްއޯ "ސޭފް ޒޯން" ތަކަށް އިޒްރޭލު ސިފައިން އަންނަނީ ތަކުރާރުކޮށް ހަމަލާދެމުންނެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



