
ގެދޮރު ގެއްލިފައި ތިބި ގިނަ ބަޔަކު ދިރިއުޅެމުންދިޔަ އިމާރާތަކަށް ބޮން އަޅައިފި: ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން!
# ޣައްޒާޣައްޒާގައި ޔަހޫދީން ހުއްޓުމެއްނެތި ހިންގަމުންދާ އުދުވާނުގައި ގެދޮރު ގެއްލިފައި ތިބި އެތައް ސަތޭކަ ބަޔަކު ދިރިއުޅެމުން ދިޔަ އިމާރާތަކަށް ޔަހޫދީން ވައިގެ ހަމަލާތަކެއް ދީފި އެވެ.

އަލް ޖަޒިރާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީ އަސްކަރިއްޔާއިން މިރޭ ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ޒީތޫން ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށެވެ.
މިހަމަލާއާއި ގުޅިގެން މިވަގުތާއި ހަމައަށް 17 މީހަކު ޝަހީދުވެފައިވާ ކަމަށްވެސް ޣައްޒާގެ ސިއްހީ މަސްދަރުތަކާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައި އެވެ.
އަލް ޖަޒީރާއިން އިތުރަށް ރިޕޯޓުކުރާ ގޮތުގައި މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޔަހޫދީން ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 67 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ. އޭގެ ތެރޭގައި އެހީ ހޯދުމަށް އެހީގެ މަރުކަޒުތަކަށް އެއްވި ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް ޔަހޫދީން ބަޑިޖަހައި ޝަހީދުކޮށްލި 11 މީހަކުވެސް ހިމެނެއެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!




