
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 130 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ދާދި ދެންމެ އަކު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 139 މީހުން ޝަހީދުވެ، 487 މީހުން ވަނީ ޒަޚަމްވެފައިއެވެ.
"ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެހީ ހޯދުމަށް ގޮސްތިބި މީހުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 39 އަށް އަރާ، އަދި 210 އަށް ވުރެ ގިނަ މީހުން ޒަހަމްވި،" ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މިއާއި އެކު އެހީ ހޯދުމަށް ގޮސްތިބޭ ފަލަސްތީނު ރައްޔިތުންނަށް މިހާތަނަށް ދިން ހަމަލާތަކުގައި 640 މީހުން ވަނީ ޝަހީދުވެފައި އެވެ.
އަދި މިއަދު ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްގެ ހުޅަނގުން އޮންނަ އަލްމަވާސީ ސަރަހައްދުގައި ހުންނަ ޓެންޓަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުވި 13 މީހުންނާއި ޣައްޒާ ސިޓީގެ ހުޅަނގުން ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދެމުން ދިޔަ މުސްތަފާ ހާފިޒް ސްކޫލަށް އަމާޒުކޮށް ދިން އަނެއް ހަމަލާގައި ޝަހީދުވި 11 މީހަކުވެސް ހިމެނެއެވެ.
މިއާއިއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޖުމުލަ 57،012 މީހުން ޝަހީދުވެފައިވާ، 134،592 މީހުން ވަނީ ޒަހަމްވެފައި އެވެ.
ގުޅުންހުރި

ޤައްސާމް ބްރިގޭޑްސްގެ އައު ކޮމާންޑަރު އޫދާ އަވަހާރަކޮށްލައިފިން - އިޒްރޭލު

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި




