
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރަމުން އަންނަ ހަމާސް ޖަމާއަތުން ދިން ހަމަލާއެއްގައި ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދި އިޒްރޭލުގެ ސިފައިންތަކެއް މަރާލައިފި އެވެ.

ހަމާސްގެ ހަތިޔާރު އެޅި ގޮފިން ކަސާމް ބްރިގޭޑުން ބުނީ ޣައްޒާ ސިޓީގެ ޝުޖާޔޭ އަވަށުގެ ގެއެއްގެ ތެރޭގައި އިޒްރޭލު ސިފައިންނަށް އެ ޖަމާއަތުގެ ހަނގުރާމަވެރިން ހަމަލާދީ ޔަހޫދީ ސިފައިންގެ އެތައް ބަޔަކު މަރާލައި ޒަހަމްކޮށްލާފައިވާ ކަމަށެވެ.
ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސްގެ ހަނގުރާމަވެރިން މެޝިން ގަން ބޭނުންކޮށްގެން އެމީހުންނާ ކުރިމަތިލުމުގެ ކުރިން ސިފައިންނަށް އަމާޒުކޮށްފައިވަނީ ޓީބީޖީ (ތަރމޯބަރިކް) ރޮކެޓެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ހަމަލާބަދަލުކުރުންތަކުގެ ތެރެއިން ފިލަން މަސައްކަތްކުރި ސިފައިންނަށް އަނެއްކާވެސް އަމާޒުކޮށްފައިވަނީ އެންޓި-ޕަރސަނަލް އެކްސްޕްލޯސިވް ޑިވައިސްއެއް ކަމަށާއި މި ހަމަލާޔގައި މަރުވި ނުވަތަ ޒަހަމްވި ޔަހޫދީ ސިފައިންގެ އަދަދު ސާފުނުކޮށް ކަމަށެވެ.
މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



