logoEN
cocacola
މޯދީ ރަޝިޔާގައި!

މޯދީ ރަޝިޔާގައި!

އަހުމަދު ޝުރާއު

logo

7/9/2024, 2:13:57 PM

# އިންޑިއާ

--

އިންޑިއާގެ ބޮޑުވަޒީރުކަމުގެ އިތުރު ދައުރަކަށް ހަވާލުވެވަޑައިގެންނެވި ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރަޝިޔާއަށް ވަޑައިގެންފި އެވެ.

ގޮސިޔާ

މިއީ މޯދީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ރަޝިޔާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މޯދީ ރަޝިޔާއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި އެވެ. އެގޮތުން އިއްޔެ އެމަނިކުފާނަށް އެގައުމުން ރަސްމީކޮށް މަރުހަބާ ދެންނެނެވީ އެގައުމުގެ ލީޑަރު ވްލިމިޑިއާ ޕުޓިންއެވެ.

މޯދީގެ ދަތުރުގެ ރަސްމީ ބައިތައް މިއަދު ކުރިޔަށްދާއިރު ޕުޓިން އާއި މޯދީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް މިއަދު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ހަނގުރާމައަކީ އެއްވެސް ކަމަކަށް އޮތް ހައްލެއް ނޫންކަމަށް މޯދީ ޕުޓިންގެ އަރިހުގައި ވިދާޅުވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން މިއަދު ޕުޓިންއާއި މޯދީ އިސްވެ ހުންނަވައި އެދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ. ވަކީން ޚާއްސަކޮށް ވިޔަފާރީގެ މަޝްވަރާތައްވެސް ހިމެނެއެވެ.

މޯދީގެ މި ދަތުރުފުޅުގައި ރަޝިޔާގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.

މޯދީ އެންމެ ފަހުން ރަޝިއާއަށް ވަޑައިގެންނެވީ 2019 ވަނަ އަހަރު އިރުމަތީގެ ބަނދަރު ކަމަށްވާ ވްލަޑިވޮސްޓޮކްގައި ބޭއްވި ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ދަތުރުފުޅުގައި ވެސް މޯދީ ވަނީ ޕުޓިންއާ ޕުޓިންއާއި ބައްދަލުކުރައްވާފައި އެވެ.

ހާއްސަކޮށް ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާއި ހުޅަނގުގެ ގިނަ ބާޒާރުތައް ރަޝިޔާގެ އެކްސްޕޯޓަށް ބަންދުކުރުމާ ގުޅިގެން އެމެރިކާއާއި އެގައުމުގެ ބައިވެރިން މޮސްކޯއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިޔާއަކީ އިންޑިއާއަށް އަގު ހެޔޮކޮށް ތެލާއި ހަތިޔާރު ސަޕްލައިކުރާ އެންމެ އިސް ގައުމެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާއަށް މިހާރު ތެލުގެ 40 އިންސައްތަ އަށް ވުރެ ގިނަ އިން ލިބެނީ ރަޝިއާއިންނެވެ.

ރަޝިޔާއާއަކީ އިންޑިއާއާއި ޗައިނާ ދޭތެރޭގައި އޮންނަ ދުވަސްވީ ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި ވެސް ދެގައުމު އެންމެ ބޮޑަށް ގުޅުވާލަދޭ އެއް ގައުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ