
--
19 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އާސަންދައިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމެނިފައިވާ, ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތާ އެއްގޮތަށް, މިމަހުގެ އެއްވަނަ ދުވަހުން ފެށީގެން 19 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާތަކަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ ކުރިން، 50 އަހަރުން މަތީގެ އުމުރުފުރާ އަދި 18 އަހަރުން ދަށުގެ އުމުރުފުރާއާއި 40 އަހަރުން މަތީގެ އުމުރުފުރާގެ ފަރާތްތަކަށް އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމުވަނީ ހަމަޖައްސައިދީފައި އެވެ. ނަމަވެސް 19 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް އިންތިޒާމުތައް މީގެ ކުރިން އޮތީ ހަމަ ނުޖައްސައެވެ.
މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމު އާސަންދައިގެ ދަށުން އެންމެ ފުރަތަމަ ހަމަޖައްސީ މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު 50 އަހަރުން މަތީގެ އުމުރުފުރާގެ މީހުންނަށެވެ. އަދި އެޔަށްފަހު 1 އޭޕްރިލްގެ ފަހުން 18 އަހަރުން ދަށާއި 40 އަހަރުން މަތީގެ އުމުރުފުރާގެ ފަރާތްތަކަށް އާސަންދައިއިން އިންތިޒާމުތައް ހަމަޖެއްސި އެވެ.
މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން އާސަންދައިން ނިންމި ނިންމުމާއި އެކު މިހާރު ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އެވެ.
ގުޅުންހުރި

ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ސްކީމުގެ ދަށުން ބަލި މީހުން ފޮނުވަން ފަށައިފި

އާސަންދައިގެ ހިދުމަތް ޔޫއޭއީ އާއި ތައިލެންޑް ހޮސްޕިޓަލްތަކަށް!

އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާގެ އެހީގެ ފުރުސަތު އިތުރު 64 ފަރާތަކަށް!
