logoEN
PNC TOP 3
އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިިފި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިިފި

އަހުމަދު ޝުރާއު

logo

3/31/2026, 3:21:28 PM

# އެންސްޕާ# އާސަންދަ

-

އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފިއެވެ.

PNC MID 2

މިއަދު ހިތަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އޮފީސް ހުޅުވައިދެއްވީ، އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއިބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ. މި ރަސްމިއްޔާތުގައި، އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމްއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން، އާސަންދަ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ހިތަދޫގައި މިފަދަ އޮފީހެއް ހުޅުވިގެންދިއުމަކީ އެ ސަރަހައްދުގަ ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށާއި ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އަދި ދައުލަތުން އެހީ ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

އެންސްޕާ އަދި އާސަންދައިގެ ޚިދުމަތްތަކަކީ ބޮޑަށް ޑިޖިޓަލައިޒް ކުރެވިފަވާ ޚިދުމަތްތަކަކަށްވިޔަސް އައްޑޫ ފަދަ ބޮޑެތި ސިޓީތަކުގައި މުވައްޒަފުން ހަރަކާތްތެރިވުން މުހިންމު ކަމަށް ދެކޭކަމުގައިވެސް ހީނާ ވިދާޅުވިއެވެ.

ދައުލަތުގެ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ސިއްޙީ ފަރުވާއާއި ގުޅިގެން ހޯދަންޖެހޭ އެކި ވަސީލަތްތައް ހޯދައިދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެންސްޕާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ މާލީ ޢިނާޔަތާއި އެފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ޢިނާޔަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މިފަދަ މީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްވެސް އެންސްޕާއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC