
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަަދަދު 37,200 އަށްވުރެ މައްޗަށް ގޮސްފި އެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނި ގޮތުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 38,243 އަށް މިހާރު އަރާފައި އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 88,243 އަރާފައި އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިވަނީ 50 އަށް ވުރެ މައްޗަށް އަރާފައި އެވެ.
ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ އަދަދު މިހާރު ވަނީ 16,000 އާއި ގާތްކޮށްފައެވެ.
7 އޮކްޓޯަބަރުގައި ޔަހޫދީން ޣައްޒާއާއި ދެކޮޅަށް ފެށި ހަނގުރާމައާއި އެކު ހަނގުރާމަ ހުއްޓާލުމަށް ބައިނަލަގްވާމީ މުޖުތަމައުއެއް ގޮވާލަމުން ދާ ގޮވާލުމަށް ޔަހޫދީން ދެމުން އަންނަނީ ބީރު ކަންފަތެކެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





