
ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން ޔަހޫދީ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ބޮން އަޅައިފި އެވެ.

ހިޒްބުالله އިން މިއަދު ބުނީ ލުބްނާނާއި އިސްރާއީލުގެ ބޯޑަރު ކައިރީގައި އޮންނަ އަލް މަރްޖް ކައިރީގައި ހުންނަ އިސްރާއީލުގެ އަސްކަރީ ސައިޓަށް އެ ޖަމާއަތުގެ ހަނގުރާމަވެރިން ހަމަލާދީފައިވާ ކަމަށެވެ.
ޓެލެގްރާމްގައި އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އާޓިލަރީ ޝޮލިންއާއި އެކު އެސައިޓަށް "ސީދާ ގެއްލުންތަކެއް" ލިބުނު ކަމަށެވެ.
ހިޒްބުالله އިން މިއަދު ވަނީ އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސްގައި ހުންނަ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކުގެ ޑްރޯން ސަވައިލެންސް ފުޓޭޖްތައް ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފަ އެވެ.
މިއާއި އެކު ހިޒްބުالله ގެ ހަތިޔާރުތަކުގެ ވަރުގަދަކަން ހާމަވެގެން ދެއެވެ.
ގުޅުންހުރި

އިޒްރޭލުން މިއަދު ލުބުނާނަށް ދިން ހަމަލާއާއިއެކު ހިޒްބުالله އިން އަލުން ހަނގުރާމަ ފަށަންޖެހިދާނެ ކަމުގެ އިންޒާރު!

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފިން - އިސްރާއީލް

ނަސްރަالله ހިމެނޭހެން ޝަހީދުކޮށްލި ހިޒްބުالله ގެ އިސްވެރިންގެ ރަސްމީ ޖަނާޒާ މިމަހު ފަހުކޮޅު!
