






.jpg?w=3840&q=75)
.png?w=3840&q=75)
--
ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން, ވެމްކޯގެ ކްލަބް ކަމަށްވާ ކްލަބް ވެމްކޯގެ އައު އެގްޒެކެޓިވް ކޮމިޓީ އެކުލަވާލައިފި އެވެ.
ކްލަބް ވެމްކޯއިން މިއަދު ވަނީ އެކްލަބުގެ އައު އެކްސްކޯގައި ހިމެނޭ މެމްބަރުން ހާމަކޮށްފައި އެވެ. އެގޮތުން ރައީސް އާއި ނައިބު ރައީސް ހިމެނޭހެން ޖުމުލަ 9 މެމްބަރުން ކްލަބުގެ އެކްސްކޯގައި ހިމެނެއެވެ.
ކްލަބު ވެމްކޯގެ އައު ރައީސްއަކީ މަޝްހޫރު ފުޓްސަލް ކޯޗު އަދި ވެމްކޯގެ އިސް މުވައްޒަފެއް ކަމަށްވާ އަލީ ނަދީމް ނުވަތަ މަޝްހޫރު ނަމުން ނަމަ ކޮކޯ އެވެ. އަދި ނައިބު ރައީސް އަކީ އަހުމަދު ތޯހާ އެވެ.
ކްލަބު ވެމްކޯއަކީ މިހާރު ރާއްޖޭގެ އެކި ކުޅިވަރުތަކުގައި ނަން ވިދާލަމުން އަންނަ ކްލަބެކެވެ. އެގޮތުން ރާއްޖޭގެ ގައުމީ ފެންވަރުގައި ބާއްވާ ފުޓްސަލްގައި އާއި ވޮލީބޯޅައިގެ މުބާރާތްތަކުގައި ކްލަބު ވެމްކޯއިން މިހާތަނަށް ވަނީ ބޮޑެތި ކާމިޔާބީތައް ހޯދާފައި އެވެ.




