އައްޑޫ ހިތަދޫ މަގުހެދުމުގެ މަޝްރޫޢުގެ %90 މަސައްކަތް ނިމިއްޖެ
އަލްފާ އަލީ
7/7/2024, 4:49:16 AM
-
އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ދަށުން ހިތަދޫ މަގުތައްހެދުމުގެ %90 މަސަްކަތް ނިމިފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބުނެފި އެވެ.
އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބުނީ, ހިތަދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން 2.4 ކިލޯމީޓަރުގެ ބޮޑުމަގުގައި އެއްކޮށް އަލުންތާރު އެޅުމާއި , މަގުގެ ހިނގާދުވާރު ނިންމާލެވި އާންމުންނަށްވެސްވަނީ ހުޅުވާލާފައިވާ ކަމަށެވެ. އަދި ހިތަދޫ މަގުތަކުގައި މަގުބައްތި ހަރުކުރުމުގެ %75 ނިމިފައިވާއިރު ހިތަދޫ ފެންހިންދުމުގެ ނިޒާމްގެ %95މަސައްކަތްވެސް ނިމިފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ.
އައްޑޫ ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެތެރޭގައި ހިމެނޭ ގިނަ މަރުހަލާތަކުގެ މަސައްކަތްތައް ބާރަށް ކުރިއަށްގެންދެވޭ ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބުނެއެވެ.
މަގުތައްހެދުމުގެ އިތުރުން އައްޑޫ ސިޓީގެ ޑީޓުއަރ ބްރިޖު މަޝްރޫޢުގެ %95ވެސް މިހާރު ނިމިފައިވާ ކަމަށް އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.މި ޑީޓުއަރ ބްރިޖަކީ އައްޑޫ ސިޓީގެ މަގުހެދުމާއި ފެންހިންދާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުތެރޭގައި ހިމެނިފައިވާ މުހިއްމު މަސައްކަތެކެވެ.