logoEN
Sto top
އިންޑިއާގެ މުމްބާއީގައި ހަދަމުން އަންނަ ކަނޑުއަޑީގެ ޓަނަލަށް ވަޒީރު މުއްތަލިބު ޒިޔާރާތްކުރައްވައިފި

އިންޑިއާގެ މުމްބާއީގައި ހަދަމުން އަންނަ ކަނޑުއަޑީގެ ޓަނަލަށް ވަޒީރު މުއްތަލިބު ޒިޔާރާތްކުރައްވައިފި

އަހުމަދު ޝުރާއު

logo

9/11/2024, 7:35:18 AM

# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

--

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް އިންޑިއާގެ މުންބާއީގައި ހުންނަ އާދިތު ޓަނަލަށް ޒިޔާރަތްކުރައްވައިފިއެވެ.

Wamco

ބިނާރާ ބެހޭ މިނިސްޓްރީޞް ބުނީ މި ޒިޔާރަތަކީ މުންބާއީ އަހްމަދާބާދު ހައި ސްޕީޑް ރެއިލްގެ 7.1 ކިލޯމީޓަރުގެ ފެނުއަޑީގެ ޓަނަލް ފެށޭ ހިސާބަށް ކުރެއްވި ޒިޔާރަތެކެވެ.

ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ އިންޑިއާގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުން މަޢުލޫމާތު ހޯދައި، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންކުރެވިދާނެ އައު ޓެކްނޮލޮޖީތަކާއި ގޮތްތައް ދެނެގަތުމެވެ. މީގެ ސަބަބުން ރާއްޖޭގައި ހިންގޭ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް އިތުރަށް ހަރުދަނާކޮށް ހަލުވިކުރެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި ޒިޔާރަތަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ މެދުގައި ޓެކްނިކަލް މަޢުލޫމާތު ޙިއްޞާކުރުމަށް މަގުފަހިވެގެންދާނެ ފަހި ފުރުޞަތެއް ކަމުގައިވެސް މިނިސްޓްރީއިން ފާހަގަކުރައްވައެވެ.

މި ޒިޔާރަތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު މުނު މަހާވަރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ތާޢާމް މުޙައްމަދު އަދި މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދުވެސް މި ޒިޔާރަތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside