logoEN
cocacola
އދ ގެ ސްކޫލަކަށް ޔަހޫދީން ހަމަލާދީ 13 މީހަކު ޝަހީދުކޮށްލައިިފި, ގިނައީ ކުޑަކުދިންނާއި އަންހެނުން!

އދ ގެ ސްކޫލަކަށް ޔަހޫދީން ހަމަލާދީ 13 މީހަކު ޝަހީދުކޮށްލައިިފި, ގިނައީ ކުޑަކުދިންނާއި އަންހެނުން!

އަހުމަދު ޝުރާއު

logo

7/6/2024, 3:59:31 PM

# ޣައްޒާ

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި އެކު ގެދޮރުގެއްލިފައިވާ އެތައް ބަޔަކު ދިރިއުޅެމުން ދިޔަ އދ ގެ ފަލަސްތީނު ރެފިއުޖީންނާއި ބެހޭ މައި އިދާރާގެ ސްކޫލަކަށް ޔަހޫދީ އިޒްރޭލުން ބޮން އަޅައިފި އެވެ.

ގޮސިޔާ

އަލް ޖަޒީރާއިން ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއާއި ހަވާލާދީ ބުނީ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅެމުން ދިޔަ ޣައްޒާގެ މެދުތެރޭގެ ސްކޫލަކަށް އިސްރާއީލުގެ ޖެޓްތަކުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 13 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައި އެވެ.

އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ނޫސީރަތު ސިޓީގެ އަލް ޖައޫނީ ސްކޫލަށް ބޮން އެޅި އިރު، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން އެ އެޖެންސީއަށް މައުލޫމާތު ދީފައިވެ އެވެ.

މި ހަމަލާއާއި އެކު ޒަހަމްވި ގިނަ މީހުން ގެންގޮސްފައިވަނީ އަލް އަގްސާ ހޮސްޕިޓަލަށެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން އެހޮސްޕިޓަލަށް ގެންނަމުން އަންނަ އިރު މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެހޮސްޕިޓަލުގެ ބޭރުގައި ތިބި ނޫސްވެރިން ބުނެއެވެ.

ޔަހޫދީންގެ މި ހަމަލާއާއި އެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 40 އަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ.

ޔަހޫދީ ޖައްބާރު އިޒްރޭލުގެ އަސްކަރިއްްޔާއިން މިހާރު އެންމެ ވަރުގަދައަށް ހަމަލާތައް ދެމުން އަންނަނީ ރެފިއުޖީ ކޭމްޕުތަކަށެވެ. މި ހަމަލާތަކާއި ގުޅިގެން ޔަހޫދީ އަސްކަރިއްޔާއިން އިން ބުނަނީ ހަމަލާތައް ދެމުން އަންނަނީ ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 39,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ