


.jpeg?w=3840&q=75)




ޣައްޒާގައި ހަރަކާތްތެރިވަމުންދާ އިސްލާމިކް ޖިހާދު ޖަމާއަތުން ޔަހޫދީ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި އެވެ.
އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަތިޔާރު އެޅި ގޮފި އަލް ގުދުސް އިން ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ސުފާ ޔަހޫދީ އާބާދީގެ ވަށައިގެންވާ އިސްރާއީލުގެ އަސްކަރީ ތަނަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
އެ ޖަމާއަތުން ޓެލެގްރާމްގައި ނެރުނު އެހެން ބަޔާނެއްގައި ބުނީ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އެސްއޯ ނެޓްޒާރިމް ކޮރިޑޯގެ ސަޕްލައި ލައިނަކަށާއި އިޒްރޭލުގެ ވެހިކަލްތަކަށް ހަމަލާ ދީފައިވާ ކަމަށެވެ.
ޣައްޒާގައި 2005 ވަނަ އަހަރު ރޫޅާލި ޔަހޫދީ އާބާދީއެއްގެ ނަމުން ނަން ދީފައިވާ ނެޓްޒާރިމް ކޮރިޑޯ އަކީ ޣައްޒާގެ އުތުރުގެ ސަރަހައްދު ދެކުނުން ވަކިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ކުރި ހަނގުރާމައިގެ ދުވަސްވަރު ގާއިމުކުރި ކޮރިޑޯއެކެވެ.
އަލް ގުދުސް އިން މިއަދު ވަނީ ޣައްޒާގެ ޝުޖެއާގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ސިފައިންނަށްވެސް އަމާޒުކޮށް ހަމަލާދީ ބައެއް ޔަހޫދީ ސިފައިން މަރާލާފައި އެވެ.



.jpeg?w=3840&q=75)


