logoEN
cocacola
ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން

އަލްފާ އަލީ

logo

7/5/2024, 8:23:11 AM

# ހުތުބާ

-

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

ގޮސިޔާ

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ, ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން ލިބޭ ފިލާވަޅުތަކުގެ މައްޗަށެވެ.

ކީރިތި ރަސޫލާ ސައްލައްالله އަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއް ވާކަމަށް މިއަދުގެ ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅުކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އެ ގޮތުން ބަލާ އިރު ކީރިތި ރަސޫލާ ސައްލައްالله އަލައިހި ވަސައްލަމަ، އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި، ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އެކަންކަން އިސްލާމް ދީނުގެ ދިފާޢުގައި ޤުރުބާންކުރައްވައިފައިކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައި ވުން ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހިޖުރައިގެ މަތިވެރި ޒިކުރާ، ގުޅިފައި ވަނީ ކީރިތި ރަސޫލާ ހިޖުރަ ކުރައްވައި، މައްކާއިން މަދީނާއަށް ވަޑައިގަތް މަތިވެރި ޙާދިޘާއާއެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެން ދިޔަ ޙާދިޘާ ކަމަށާއި ކީރިތި ރަސޫލާ اللهގެ މަގަށް ގޮވާލައްވަން މައްކާގައި ތޭރަ އަހަރު ދުވަސް ހޭދަކުރެއްވިއެވެ. އެ ރަށުގެ އަހުލުވެރީންގެ ފަރާތުން މި ކަމަށް އެކަށީގެންވާ އިޖާބައެއް ލިބިވަޑައި ނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލަން އެބައިމީހުން ދިޔައީ ރާވަމުންނެވެ. އެ ހިނދު اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ. އެ ހިސާބުން ފެށިގެން، ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެން ދިޔައީކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އަމުރު ކުރެއްވިކަން ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ.

"الله سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުތަކުންނަށްޓަކައި ހެޔޮ ޢަމަލުކުރުމުގެ ދުވަސްތައް އަހަރުގެ ތެރޭގައި ލައްވައިފައިވެއެވެ. މި ގޮތުން މުޙައްރަމު މަހުގެ ދިހަ ވަނަ ދުވަހަކީ އެފަދަ ދުވަހެކެވެ. އެއީ އާޝޫރާ ދުވަހެވެ. ޢާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތް ވެގެންވެއެވެ. މާތް ނަބިއްޔާ ސައްލައްالله އަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އަމުރު ކުރެއްވިއެވެ." - ހުތުބާ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ