logoEN
cocacola
ހިޒްބުالله އިން ދިން ރޮކެޓް ހަމަލާތަކެއްގައި ޔަހޫދީ ރިޒަރވިސްޓް ސިފައިންގެ މީހަކު މަރާލައިފި

ހިޒްބުالله އިން ދިން ރޮކެޓް ހަމަލާތަކެއްގައި ޔަހޫދީ ރިޒަރވިސްޓް ސިފައިންގެ މީހަކު މަރާލައިފި

އަހުމަދު ޝުރާއު

logo

7/4/2024, 5:10:25 PM

# ހިޒްބުالله

އިސްރާއީލުގެ އުތުރުގައި ހިޒްބުالله އިން ދިން ރޮކެޓް ހަމަލާތަކެއްގައި ޔަހޫދީ ރިޒަރވިސްޓް ސިފައިންގެ މީހަކު މަރާލައިފި އެވެ.

ގޮސިޔާ

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، އިސްރާއީލުގެ އުތުރުގައި އޮންނަ ގޯލާން ހައިޓްސްގައި ހިޒްބުالله އިން ދިން ހަމަލާއެއްގައި އުމުރުން 38 އަހަރުގެ ރިޒަވިސްޓެއް ކަމަށްވާ މޭޖާ އިޓޭ ގަލިއާ މަރާލާފައިވާ ކަމަށާއި އެއީ އެ ޖަމާއަތުގެ ކޮމާންޑަރު މުހައްމަދު ނިމާހް ނާސިރުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

ގަލިއާ އަކީ ޔައިފްތާހް ރިޒާވް އާމަރޑް ބްރިގޭޑްގެ ޔުނިޓް 8679 ގެ ޑެޕިއުޓީ ކޮމްޕެނީ ކޮމާންޑަރެކެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ގަލިއާ މަރާލާފައިވަނީ "އުތުރުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއިން" ކަމަށެވެ.

ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ހިޒްބުاللهގެ ތިން ވަނަ ސީނިއާ ކޮމާންޑަރު ޝަހީދުކޮށްލުމާ ގުޅިގެން ހިޒްބުالله އިން ވަނީ އިޒްރޭލުގެ އުތުރުގެ ސަރަހައްދަށް 200 ވަރަކަށް ރޮކެޓާއި 20 ޑްރޯން ފޮނުވާލައިފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ