logoEN
cocacola
ހިޒްބުالله އިން ޔަހޫދީ އަސްކަރިއްޔާގެ ޖާސޫސީ މަރުކަޒަކަށް ހަމަލާދީފި

ހިޒްބުالله އިން ޔަހޫދީ އަސްކަރިއްޔާގެ ޖާސޫސީ މަރުކަޒަކަށް ހަމަލާދީފި

އަހުމަދު ޝުރާއު

logo

7/3/2024, 3:35:27 PM

# ހިޒްބުالله

ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ޔަހޫދީ އަސްކަރިއްޔާގެ ޖާސޫސީ މަރުކަޒަކަށް ހަމަލާދީފި އެވެ.

ގޮސިޔާ

ލުބުނާނުގެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލު އަސްކަރިއްޔާގެ "އަލް މަލިކިއްޔާ" ސައިޓަށް އަމާޒުކޮށް ސީދާ ހަމަލާތައް ދީފައިވާ ކަމަށެވެ. އެ ސައިޓަކީ އިޒްރޭލުގެ ޖާސޫސީ މަރުކަޒެއް ކަމަށްވެސް ހިޒްބުالله އިން ބުނެއެވެ.

އިޒްރޭލުގެ އުތުރުގައި ވައިގެ ހަމަލާތަކުގެ ސައިރަން ތައް އިވެމުންދާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު، ލުބުނާނުން ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމުގެ އިޝާރާތެއް ވެސް ވަނީ ދީފަ އެވެ.

ލުބުނާނުގެ ސަރަޙައްދުން އަންނަ ރޮކެޓްތަކުގެ ބެރޭޖްތަކެއް އިސްރާއީލަށް ވެއްޓެމުންދާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޯލާން ހައިޓްސްގެ ހުޅުވިފައިވާ ސަރަހައްދުތަކަށް ރޮކެޓްގެ ބައިތައް ވަނީ ވެއްޓިފައި އެވެ.

ހިޒްބުالله މިފަދަ ވަރުގަދަ ހަމަލާތަކެއް ދީފައިމިވަނީ އެޖަމާއަތުގެ އިސް ކޮމާންޑަރަކު ޔަހޫދީންގެ ހަމަލާއެއްގައި ޝަހީދުވެފައިވާ ކަމަށްވެސް ބުނެފައި ވަނިކޮށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ