logoEN
cocacola
ހުޅުމާލޭގައި ނުރައްކާތެރި 2 އެކްސިޑެންޓް, ޒުވާނެއްގެ ހާލު ސީރިއަސް !

ހުޅުމާލޭގައި ނުރައްކާތެރި 2 އެކްސިޑެންޓް, ޒުވާނެއްގެ ހާލު ސީރިއަސް !

އަލްފާ އަލީ

logo

7/3/2024, 7:09:12 AM

# އެކްސިޑެންޓް# ހުޅުމާލެ

-

ހުޅުމާލޭގައި މިއަދު ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައިފި އެވެ.

ގޮސިޔާ

ފުލުހުން ބުނީ, ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ 5ގެ ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެ ސައިކަލް ކޮންޓްރޯލް ނުކުރެވި ގޮސް އެހެން ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދު 8:13 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެނާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް ފަރާތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް, ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާހިޔާގޮފި ކައިރީ ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދު 9:45 ގައި ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލް ދުއްވި ދެމީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުުހުން ވަނީ ބުނެފައެވެ. އެތަނުން އެއް ސައިކަލް ދުއްވި 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި, އޭނާއަކީވެސް ސައިކަލް ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަނެއް ސައިކަލް ދުއްވީ 33 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެއީ ލައިސަންސް އޮތް ފަރާތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ދެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ