އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ
# އެޗްޑީސީ# ހުޅުމާލެ-
ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން ތިބުމަށް ހާއްސަ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުމަށް، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި މިއަދު އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ އެކްޓިންގ ޑިރެކްޓަރ ހަސަން ޝަހީދުއެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމާރީއެވެ.
މި އެމްއޯޔޫގެ މަގްސަދަކީ، އެޗްޑީސީ އަދި އެމްއައިބީގެ ސީއެސްއާރުގެ ދަށުން، ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގެ ބެލެނިވެރިން، ދަރިވަރުން ބަލައިގޮސް ތިބޭއިރު ހިޔާވާނެ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުމެވެ.
ދެ އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، ސަލާހުއްދީން ސްކޫލުގައި ގާއިމުކުރާ ޝޭޑް ސްޓްރަކްޗާގެ ކުރެހުމާއި ޑިޒައިން އެޗްޑީސީގެ ފަރާތުން ފޯރުކޮށްދިނުމުން، އެކަމަށް ބޭނުންވާ މެޓީރިއަލް ހޯދައި ސްޓްރަކްޗާ ގާއިމުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެމްއައިބީގެ ފަރާތުންނެވެ. މި ޝޭޑް ސްޓްރަކްޗާ ގާއިމުކުރެވުމާއެކު، ގަދަ އައްވާއި ވިއްސާރައިގައި ސަލާހުއްދީން ސްކޫލު ސަރަހައްދަށް ދަރިވަރުން ބަލައިގޮސް ތިބޭ ބެލެނިވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ މަޝްރޫއުތަކެއް, އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.
ގުޅުންހުރި
އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ
.jpeg&w=3840&q=75)
މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރަކަށް އެޗްޑީސީ!
.jpg&w=3840&q=75)
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި




