
ޓްރާންސްފޯމަރު ކޭބަލެއް ވަގަށް ނެގުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
# ކަރަންޓުގެ ޚިދުމަތް# ސްޓެލްކޯ-
ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިިއްޖެއެވެ.

ސްޓެލްކޯއިން މިއަދު ވިދާޅުވީ، އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އައު ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށް ފަހު އަނެއް ކޭބަލް ބުރި ކުރުމަށް މަސައްކަތް ކޮށްފަައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު, ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުުކުރަމުންނެވެ.
ގުޅުންހުރި

ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކަނޑާލަނީ
.jpeg&w=3840&q=75)
ހަކަތަ އިޤްތިޞާދުކުރުމާއި ކަރަންޓުގެ ރައްކާތެރިކަމަށް ތުލުސްދޫގައި ކަނބަލުންނަށް ސްޓެލްކޯގެ ފަރާތުން ޚާއްސަ ތަމްރީނެއް!

ހުރާގައި ނުހިންގާތާ 8 މަސްވީ އާރްއޯ ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި




