logoEN
cocacola
ބެލްޖިއަމް ކަޓުވާލުމަށްފަހު ފްރާންސް ކުއާޓާ ފައިނަލަށް

ބެލްޖިއަމް ކަޓުވާލުމަށްފަހު ފްރާންސް ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

7/1/2024, 10:52:47 PM

# ޔޫރޯ 2024# ބޭރު ދުނިޔޭގެ ކުޅިވަރު

ފްރާންސާއި ބެލްޖިއަމް ވާދަކުރި މެޗުގެ ތެރެއިން

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ ދެވަނަ ބުރުގައި 1-0 ގެ ނަތީޖައަކުން ބެލިޖިއަމް ބަލިކޮށް ފުރާންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

ފުރާންސް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ އަނެއް ދެމެޗުން ލިބުނު ފަސް ޕޮއިންޓާއެކު ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ބެލިޖިއަމް ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން އެއްވަރުވެ، އެއްމެޗުން އެއްވަރުވެ، އަނެއް މެޗުން ބަލިވެ ގުރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ފްރާންސުން ބެލްޖިއަމްގެ ގޯލަށް އަށް ހަމަޅާއެއް ފޮނުވާލާފައި ވާއިރު އޭގެތެރެއިން ގޯލާއި އަމާޒުކޮށްލެވުނީ އެންމެ ހަމަލާއެކެވެ. އަދި މިހާފުގައި ލިބުނު ހިލޭޖެހުމަށް ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާގެ ހިލޭ ޖެހުމަކުން ފުރާންސްގެ ގޯލަށް ނުރައްކާކުރި ނަމަވެސް، މިހާފުގައި އެޓީމަށް ފްރާންސްގެ ޑިފެންސަށް މާ ބޮޑު އުނދަގޫތަކަކާ ކުރިމަތިކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފަށް ފްރާންސުން ތަންކޮޅެއް ބޮޑަށް ކުޅުން ރަނގަޅުކުރިއެވެ. ހާފުގެ ކުރީކޮޅުގައި އެންގޯލޯ ކަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޯރެލިއެން ޗުއަމެނީ ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ބެލްޖިއަމް ކީޕަރު ކޮއޭން ކަސްޓީލްސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި ކޫންޑޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ހުރެ، މާކަސް ތުރާމް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.އޭގެފަހުންވެސް ފްރާންސުން ބޮޑަށް ނުރައްކާކުރި އިރު، އެމްބާޕޭއަށް އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ދިޔައީ މާ ބޮޑަށްވެސް މަތިންނެވެ. އަނެއްކޮޅުން ދެވަނަ ހާފުގައި ބެލްޖިއަމުން އުފެއްދި ހަމައެކަނި ނުރައްކާތެރި ހަމަލާގައި ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާ ޑިފެންޑަރު ފައިގައި ޖެހި ގޯލާ ދިމާލަށް ދިޔުމުން މަތަކުރީ މައިކް މައިގްނަންއެވެ.މެޗުގެ ފުރިހަމަ ވަގުތު ނިމިނިމި އޮއްވައިވެސް ބެލްޖިއަމުން ނުރައްކާކުރިއެވެ. ޑި ބްރޭނާ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ބާރު ހަމަލާވެސް މަތަކުރީ މައިކް މައިގްނަންއެވެ.

ފުަރާންސުން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައެވެ. މިލަނޑަކީ އެޓީމުގެ ފޯވާޑް ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔާން ވަޓޮންގަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ