logoEN
cocacola
ޕެނަލްޓީގައި ސްލޮވެނިއާ ބަލިކޮށް ޕޯޗުގަލް ކުއާޓާ ފައިނަލަށް

ޕެނަލްޓީގައި ސްލޮވެނިއާ ބަލިކޮށް ޕޯޗުގަލް ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

7/1/2024, 10:03:26 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔޫރޯ 2024

ރޮނާލްޑޯ އަދި ޕެޕޭ މެޗަށްފަހު އުފާފާޅުކުރަނީ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ ދެވަނަ ބުރުގައި މިރޭ ޕޯޗުގަލް އާއި ސްލޮވޭނިއާ ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 1-0 ގެ ނަތީޖައަކުން މޮޅުވެ ޕޯޗުގަލް މުބާރާތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

ސްލޮވޭނިއާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް އެއްވަރުވެ، ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕް ސީގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި ޕޯޗުގަލް ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އަދި އެއްމެޗުން ބަލިވެ ލިބުނު ހަ ޕޮއިންޓާއެކު ގުރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނޭޓްކުރިއިރު ނަމަވެސް މިހާފުގައި ސްލޮވޭނިއާގެ ގޯލާއި އަމާޒުކޮށް އެޓީމަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަދި ދެވަނަ ހާފުގައި ޕޯޗުގަލް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ.

އެގޮތުން ދެވަނަ ހާފު ފެށިގެން ދިހަވަނަ މިނެޓުގައި ސްލޮވާކިއާގެ ޕެނަލްޓި އޭރިއާ ތެރެއިން ލިބުނު ވަރަށް ހުސް ފުރުސަތެއްގައި ރޮނާލްޑޯ ތިރިތިރިން ފޮނުވާލި ބާރު ހަމަލާ ސްލޮވާކިއާގެ ކިީޕަރު ޖާން އޮބްލަކް ވަނީ ހުޝިއާރުކަމައެކު ދިފާއުކޮށްފައެވެ.

މިހާފުގައި ސްލޮވާކިއާގެ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ބެންޖަމީން ސެސްކޯއަށެވެ. އެގޮތުން ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ބޯޅައާއެކު ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ.

މީގެ އިތުރުންވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ ދެޓިމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމައްޓަކައި ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގައި ޕޯޗުގަލްއަށް ވަނީ މެޗުގެ ލީޑު ހޯދުމަށް ރަނުގެ ފުރުސަތެއްލިބިފައެވެ.

ސްލޮވޭނިއާގެ ޕެނަލްޓި އެރިއާ ތެރެއިން އެޓީމުގެ ކުޅުންތެތިއަކު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ޕޯޗުގަލްއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ކެޕްޓަން ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ ސްލޮވާކިއާގެ ކިީޕަރު ޖާން އޮބްލަކް ވަނީ ހުޝިއާރުކަމައެކު ދިފާއުކޮށްފައެވެ. އަދި އިތުރު ވަގުތުގެ ކުޅުން ނިމެންދަނިކޮށް ސްލޮވާކިއާގެ ބެންޖަމީން ސެސްކޯއަށް ވެސް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. މިއާއެކު މެޗުގެ 120 މިނެޓުގެ ކުޅުން ނިމިގެންދިޔައީ ދެޓިމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމައްޓަކައި ޖެހި ޕެނަލްޓީގައި ސްލޮވާކިއާ އިން ޖެހި ތިން ޕެނަލްޓީ ވެސް ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޮސްޓާ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯގެ އިތުރުން ބްރޫނޯ ފެނާންޑޭޒް އަދި ބެނާލްޑޯ ސިލްވާ ޖެހި ޕެނަލްޓީ ކާމިޔާބުކޮށް ފޯޗުގަލް އިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ