logoEN
cocacola
ހަމާސްއިން ރަފާހްގައި ދިން ހަމަލާގައި ސިފައިންގެ އެކަކު މަރުވެ 9 ސިފައިން ޒަހަމްވި - ޔަހޫދީ އަސްކަރިއްޔާ

ހަމާސްއިން ރަފާހްގައި ދިން ހަމަލާގައި ސިފައިންގެ އެކަކު މަރުވެ 9 ސިފައިން ޒަހަމްވި - ޔަހޫދީ އަސްކަރިއްޔާ

އަހުމަދު ޝުރާއު

logo

7/1/2024, 1:49:57 PM

# ރަފާޙް

ޔަހޫދީންނާއި ހަމާސްއާއި ދެކެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ހަމާސްއިން ދިން ހަމަލާއެއްގައި ސިފައިން އެކަކު މަރުވެ 9 ސިފައިން ޒަހަމްވި ކަމަށް ޔަހޫދީ ޖައްބާރު އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ގޮސިޔާ

ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ޔަހޫދީ ސިފައިންގެ މީހާ މަރާލާފައިވަނީ ޣައްޒާގެ ދެކުނުގައި އޮންނަ އެ ސިޓީގައި ހިންގި ހަނގުރާމައިގެ އޮޕަރޭޝަންތަކުގައި ކަމަށެވެ.

އޭނާއަކީ ޔަހޫދީން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ބިމުގެ ދެކުނުގައި އޮންނަ ބީރްޝެބާއަށް ނިސްބަތްވާ ސާޖަންޓް އޮރީ އިޓްޒްޗަކް ހަދާދު، 21، ކަމަށާއި ހަމަލާއެއްގައި އިތުރު ނުވަ ސިފައިން ޒަހަމްވެފައިވާ ކަމަށް އަސްކަރިއްޔާއިން އެކްސްގައި ބުނެފައިވެ އެވެ.

ޔަހޫދީން ބުނީ އެހަމަލާއަކީ ޓަނަލެއްގެ ތެރޭގައި ހަމާސްއިން ގޮއްވާލި ގޮއްވާލުމެއް ކަމަށެވެ.

ޔަހޫދީން މިކަން ކަށަވަރުކޮށްދިން އިރު ހަމާސްގެ ހަތިޔާރު އެޅި ގޮފި, ކަސާމް ބްރިގޭޑުން ވަނީ ޔަހޫދީ ސިފައިން ހަމާސްގެ ބާރު ހިނގާ ސަރަހައްދަކަށް މަގުއޮޅުވާލައިގެން ގެނެސް ހަމަލާދީ މަރާލާފައިވާ ކަމަށް މީގެ ކުރިން ބުނެފައި އެވެ. އެގޮތުން ކަސާމް ބްރިގޭޑުން ބުނާ ގޮތުގައި އެހަމަލާއަކީ ހަމާސްގެ ހަނގުރާމަވެރިން ހޯދުމަށް ޔަހޫދީން ހަމާސްއިން ހަމަލާދިނުމަށް ތައްޔާރުވެފައިވާ ސަރަހައްދަކަށް ވަނުމާއި އެކު ގޮއްވާލުމެއް ގޮއްވާލައިގެން ދިން ހަމަލާއެކެވެ. ނަމަވެސް ޔަހޫދީން ބުނާ ހަމަލާއާއި ކަސާމް ބްރިގޭޑުން ބުނާ ހަމަލާއަކީ އެއް ހަމަލާއެއް ކަމެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ