logoEN
cocacola
ހަމާސްއިން ރަފާހްގައި ދިން ހަމަލާއެއްގައި ޔަހޫދީ ސިފައިންތަކެއް މަރާލައިފި

ހަމާސްއިން ރަފާހްގައި ދިން ހަމަލާއެއްގައި ޔަހޫދީ ސިފައިންތަކެއް މަރާލައިފި

އަހުމަދު ޝުރާއު

logo

7/1/2024, 12:52:00 PM

# ރަފާޙް

ހަމާސްއިން ރަފާހްގައި ދިން ހަމަލާއެއްގައި ޔަހޫދީ ސިފައިންތަކެއް މަރާލައިފި އެވެ.

ގޮސިޔާ

ހަމާސްގެ ހަތިޔާރު އެޅި ގޮފި, ކަސާމް ބްރިގޭޑުން މިއަދު ބުނީ އިޒްރޭލު ސިފައިން ހަމާސްގެ ހަނގުރާމަވެރިން ތިބި ތަނެއް ކަމަށް ހީކޮށް ރަފާހްގައި ހުރި ގެއަކަށް ވަނުމާއި އެކު އެގޭގައި ބާރުގަދަ ގޮވުމެއް ގޮއްލާފައިވާ ކަމަށެވެ. އެގޮތުން އެގެއަކީ މީގެ ކުރިން ހަމާސްގެ ސްނައިޕަރުން ހަމަލާތައް ދިނުމަށް ބޭނުންކުރި ގެއެއް ކަމަށާއި އިޒްރޭލު ސިފައިން އެގެ ރެއިޑްކުރީ ހަމާސްގެ ހަނގުރާމަވެރިން އަތުލައިގަންނަން ކަމަށެވެ.

"ސިފައިން އެގެއަށް ވަނުމާއެކު ވަގުތުން ބޮމެއް ގޮއްވާލައި ސިފައިން މަރުވެ ޒަހަމްކޮށްލި،" ކަސާމް ބްރިގޭޑުން ޓެލެގްރާމްގައި ބުނެފައިވެ އެވެ.

ކަސާމް ބްރިގޭޑުން ބުނީ ޣައްޒާގެ އުތުރުގެ އިރުމަތީގައި އޮންނަ ޝުޖާޔާ އަވަށުގައި ހަނގުރާމަވެރިން ވަނީ ދެ ޝަވާޒް އެކްސްޕްލޯސިވް ޑިވައިސް ބޭނުންކޮށްގެން ޔަހޫދީންގެ މެރްކާވާ-4 ގެ ދެ ޓޭންކަށް ހަމަލާދީފައި ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް މަރުވީ ކިތަށް ޔަހޫދީ ސިފައިން ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ