logoEN
cocacola
ރަފާހްގައި ޔަހޫދީ ސިފައިންނާއި އަސްކަރީ އުޅަނދުތައް ތިބި ސަރަހައްދަކަށް ހަމާސްގެ ވަރުގަދަ ހަމަލާއެއް!

ރަފާހްގައި ޔަހޫދީ ސިފައިންނާއި އަސްކަރީ އުޅަނދުތައް ތިބި ސަރަހައްދަކަށް ހަމާސްގެ ވަރުގަދަ ހަމަލާއެއް!

އަހުމަދު ޝުރާއު

logo

6/23/2024, 1:58:40 PM

# ރަފާޙް# ހަމާސް

ފަލަސްތީނުގެ ރަފާހް ސިޓީގައި ޖައްބާރު ޔަހޫދީ ސިފައިންނާއި އެމީހުންގެ އަސްކަރީ އުޅަނދުތައް ތިބި ސަރަހައްދަކަށް ހަމާސްއިން ވަރުގަދަ ހަމަލާއެއް ދީފި އެވެ.

ގޮސިޔާ

ހަމާސްގެ ހަތިޔާރު އެޅި ގޮފި، ކަސާމް ބްރިގޭޑްސް އިން ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިންނާއި ފަލަސްތީނު އިސްލާމިކް ޖިހާދުގެ އަލް ޤުދުސް ބްރިގޭޑްގެ ހަނގުރާމަވެރިން ގުޅިގެން ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާގައި ހުންނަ ޔަބްނާ ރެފިއުޖީ ކޭމްޕްގައި އިސްރާއީލު ސިފައިންނާއި އަސްކަރީ އުޅަނދުތައް ތިބި ސަރަހައްދަކަށް ބޮން އަޅާފައި ކަމަށެވެ.

އަދި އެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ރަފާހުގެ ތަލް ޒޫރޯބް އަވަށުގެ ހުޅަނގުން ރޮކެޓަކުން "އޮފެކް" އާމާޑް ޕާސަނަލް ކެރިއާއެއް ހަލާކުކޮށްލާފައި ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

"އެހެން ސިފައިން އެމީހުންނަށް އެހީވާން އައުމާއެކު ހަނގުރާމަވެރިން ވަނީ އެ މީހުންނަށް ވެސް ހަމަލާ އަމާޒުކޮށްފައި" 114 މިލިމީޓަރުގެ ކުރު ރާސްތާގެ "ރާޖުމް" ރޮކެޓުތަކުން ހަމަލާދިންކަން ހާމަކޮށް ހަމާސްގެ ކަސާމް ބްރިގޭޑުން ބުނެއެވެ.

ހަމާސްގެ ހަތިޔާރު އެޅި ގޮފި، ކަސާމް ބްރިގޭޑްސްގެ ހަނގުރާމަވެރިންނާއި ފަލަސްތީނު އިސްލާމިކް ޖިހާދުގެ އަލް ޤުދުސް ބްރިގޭޑްގެ ހަނގުރާމަވެރިން ޔަހޫދީންނަށް ވަރުގަދަ ހަމަލާއެއް ދިން އިރު ލުބުނާނުގެ ހިޒްބުالله ޖަމާއަތުންވެސް މިއަދު ވަނީ ޔަހޫދީ ސިފައިންތަކަށް އަމާޒުކޮށް އިޒްރޭލުގެ އިތުރުގައި ހުރި ޔަހޫދީންގެ އަސްކަރީ ބޭސްއަކަށް ބޮޑެތި ހަމަލާތަކެއް ދީފައި އެވެ.

މިއީ ހިޒްބުالله އާއި އިސްލާމިކް ޖިހާދު އާއި ހަމާސްއިން އެއްދުވަހަކުން ޔަހޫދީ ސިފައިންނަށް އަމާޒުކޮށް މިހާގިނަ ހަމަލާތަކެއް ދިން ފުރަތަމަ ފަހަރެވެ.

އިތުރު ތަފްސީލް އަންނަނީ ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ