logoEN
cocacola
 އަންސަރު އަތުން ބަލިވި ނަމަވެސް  ޒުވާން ގައުމީ ޓީމުގެ ފަރާތުން ފެނުނީ  އުންމީދީ ކުޅުމެއް!

އަންސަރު އަތުން ބަލިވި ނަމަވެސް ޒުވާން ގައުމީ ޓީމުގެ ފަރާތުން ފެނުނީ އުންމީދީ ކުޅުމެއް!

ހަސަން ޝަމްއޫން

logo

7/1/2024, 12:00:00 AM

# ހޭންޑް ފުޓް އެންޑް މައުތް# ދިވެހި ކުޅިވަރު

19 އަހަރުން ދަށުގެ ޓީމާއި އަންސަރު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އާދިއްތަ ދުވަހުގެ ރޭ ބަންގްލަދޭޝް ގައުމީ ޗެންޕިއަން އަންސަރު އެންޑް ވީޑީޕީ އާއި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު ވާދަކުރި މެޗު 24-45 ގެ ނަތީޖާއަކުން އަންސަރު ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

ހޭންޑްބޯޅަ މޯލްޑިވްސް ރައީސްގެ ދައުވަތަކަށް 26 ޖޫން 2024 އިން 30 ޖޫން 2024 އަށް އިންޓަނޭޝަނަލް ކުލަބު ފުރެންޑްލީ މެޗުތަކެއް ކުޅުމަށްޓަކައި މާލެ އައިސްގެ އުޅޭ އަންސަރު އެންޑް ވީޑީޕީ މާލެގައި އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ވާދަކޮށް 27-41 ގެ ނަތީޖާއަކުން އަންސަރު ވަނީ މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ރާއްޖޭގެ ގައުމީ ޗެންޕިއަން ވެލިދޫ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 41-28 ގެ ނަތީޖާއަކުންނެވެ.

ގައުމީ ހޭންޑްބޯޅަ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 13-20 ގެ ނަތީޖާއަކުން އަންސަރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އަންސަރުން އިތުރު 25 ލަނޑު ކާމިޔާބުކުރި އިރު، ދިވެހި ޓީމަށް ދެވަނަ ހާފުގައި ކާމިޔާބުކުރެވުނީ 11 ލަނޑެވެ. ނަމަވެސް މުޅި މެޗުގައި ވެސް ދިވެހި ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވެސް އުންމީދީ ކުޅުމެކެވެ.

މިމެޗުގައި ބަންގްލަދޭޝްގެ އެމްޑީ ރަކީބުރް ހަސަން 15 ލަނޑުޖެހިއިރު، އެޓީމުގެ އެމްޑީ ޝާކިރު ޝާމިރު އީމޮން ވަނީ 10 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ އެމްޑީ ޝަބީރު އަހުމަދު އަދި އުޗަތޮއި މާރމާ މިއިން ކޮންމެ ކުޅުންތެރިއަކު ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހާމޯނީ ޓްރިޕޫރާ އަދި ކަމާލު ހޮސެއިން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ދިވެހި ޒުވާން ޓީމުގެ ޒައިދު މުހައްމަދު ތައުފީގް ހަތް ލަނޑު ކާމިޔާބުކުރިއިރު، ރާއިދު ރަޝީދު ހަތަރު ލަނޑު އަދި މުހައްމަދު ޔަޝްމު އަހުމަދު ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި ދިވެހި ޓީމުގެ މޫސާ އިބާހް އިސްމާއިލް ރިޒާ، އަހުމަދު އުމޭސް އަދި އަހުމަދު ރައުލް އަސްއަދު މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، މުހައްމަދު އަފްއާން އާތިފް، މުހައްމަދު ދާނިޝް، މުހައްމަދު އަމްސާލް އަދި ޝުހޫދު އަހުމަދު ރިޝްފާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުންތެރުއަކަށް ހޮވުނީ ބަންގްލަދޭޝްގެ އެމްޑީ ރަކީބުރް ހަސަން އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ