logoEN
cocacola
ރަށްރަށުގައި ތިބި ސްޕޯޓްސް ކައުންސިލަރުން ސްޕޯޓްސް މިނިސްޓްރީގެ ދަށަށް!

ރަށްރަށުގައި ތިބި ސްޕޯޓްސް ކައުންސިލަރުން ސްޕޯޓްސް މިނިސްޓްރީގެ ދަށަށް!

އަހުމަދު ޝުރާއު

logo

3/30/2024, 9:31:52 PM

# ސްޕޯޓްސް މިނިސްޓްރީ

ސްޕޯޓްސް ކައުންސިލަރުން

ރަށްރަށާއި ސިޓީ ތަކުގައި ތިބި ސްޕޯޓްސް ކައުންސިލުން މިނިސްޓްރީ އޮފް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށަށް ބަދަލުކޮށްފި އެވެ.

ގޮސިޔާ

ސްޕޯޓްސް މިނިސްޓްރީއިން ވަނީ މިބަދަލު ގެނައުމަށް ނިންމާފައިވާކަން މިމަހުގެ 28 ވަނަ ދުވަހު ސްޕޯޓްސް ކައުންސިލަރުން ތިބި ކައުންސިލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ހާމަކޮށްފައި އެވެ.

އެގޮތުން އެސާކިއުލާގައި ބުނެފައިވަނީ ސްޕޯޓްސް ކައުންސިލަރުންގެ މަގާމުގައި ތިބި ބޭފުޅުން އެމިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރައްވައި ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައި އެމަސައްކަތް ވީ އެންމެ އަވަހަކަށް ކުރެއްވުމަށް އަންގަވާފައިވުމާއި އެކު އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން ހުރިހާ ރަށެެއްގެ ސްޕޯޓްސް ކައުންސިލަރުން އެމިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަނާއި ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.

އަދި 1 އޭޕްރިލް އިން ފެށިގެން ސްޕޯޓްސް ކައުންސިލަރުންގެ މުސާރަ ދިނުމުގެ އެންމެހާ މަސައްކަތްތަކެއްވެސް ކުރިޔަށްދާނީ ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަން ސްޕޯޓްސް މިނިސްޓަރ ރާފިއު ސޮއިކުރައްވައި ފޮނުއްވި ސާކިއުލާގައި ބުނެފައި ވެއެވެ.

ސްޕޯޓްސް ކައުންސިލަރުންނަކީ ކުރީގެ ސަރުކާރުން ކަސްރަތަށް އަހުލުވެރި ކުރުވަން ރަށްރަށުގައި ހިންގާ ކުޅިވަރުތަކުގައި އެހީތެރިވެދިނުމަށްޓަކައި ކޮންމެ ރަށަކަށް ޚާއްސަ ކުރެވުނު ފަރާތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ