logoEN
cocacola
ޗެންޕިއަން އިޓަލީ ކަޓުވާލުމަށްފަހު ސްވިޒަލޭންޑް ކުއާޓާފައިނަލަށް

ޗެންޕިއަން އިޓަލީ ކަޓުވާލުމަށްފަހު ސްވިޒަލޭންޑް ކުއާޓާފައިނަލަށް

ހަސަން ޝަމްއޫން

logo

6/29/2024, 5:07:20 PM

# ޔޫރޯ 2024# ބޭރު ދުނިޔޭގެ ކުޅިވަރު

އިޓަލީ އާއި ސްވިޒަލޭންޑް ވާދަކުރި މެޗުގެ ތެރެއިން..

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން އިޓަލީ އާޢި ސްވިޒަލޭންޑް ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސްވިޒަލޭންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

މުބާރާތުގެ ދެވަނަ ބުރުން އިޓަލީ ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ހޮތުގައެވެ. އަދި ސްވިޒަލޭންޑް ދެވަނަ ބުރުން ޖާގަހޯދީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލޭންޑްގެ ފަރާތުން ވަރުގަދަ އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 37 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރެމޯ ފްރޮއިލާއެވެ.

މިއީ އެޓީމުގެ ރުބެން ވާގަސް އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށްހުރެ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑައެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްވިޒަލޭންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ސްވިޒަލޭންޑުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރުބެން ވާގަސްއެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ސްވިޒަލޭންޑް ކުރީގައި އޮވެގެންނެވެ. އަދި މިއީ ފާއިތުވެދިޔަ 31 އަހަރުތެރޭގައި ސްވިޒަލޭންޑް އަތުން އިޓަލީ ބަލިވި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ