--
މާލެ ސިޓީގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓާއި ގުޅޭގޮތުން މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ އަމީރު އަހުމަދު މަގުގައި ހުންނަ ކޮމާޝަން ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓި ވި މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުގައި ކާރު ވަނީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޖެހިގެން ހުންނަ އިމާރާތުގެ ފާރުގައި ޖެހިފައި އެވެ. އަދި ކާރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަންވެސް ފޮޓޯތަކުން ފެނެއެވެ.
މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.