
މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފަށައިފި
# މާލެ ސިޓީ# ދިވެހި ފުލުހުންގެ ޙިދުމަތް--
މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި މަސައްކަތަކީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރިތަނަކަށް ހަދައި މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށެވެ.
މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަން އަންނައިރު ދާދިފަހުން ފުލުހުންނާއި އެޗްޑީސީ ގުޅިގެން ވަނީ ހުޅުމާލޭ މަގުތަކުގައި ހުރި ބާ އުޅަނދުތައް ވެސް ނަގާފައެވެ.
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކްކުރުމަށް ވަގުތީ ބިމެއް ސަރުކާރުން ހަމަޖައްސާފަވާއިރު ދާދިފަހުން ވަނީ ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތަކުގެ ރަޖިސްޓްރީއާ އެހެނިހެން ކަންކަން އިސްލާހުކުރަންދެން، ވަގުތީގޮތުން އެ އުޅަނދުތައް ބޭއްވުމަށްވެސް ބިމެއް ހަމަޖައްސާފައެވެ.
ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުމާލެއިން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާ މިސްކިތް ކުރިމައްޗަށް އޮތް ބިމެވެ. 90،000 އަކަފޫޓުގެ މި ބިމުގެ 50،000 އަކަފޫޓް ޚާއްސަކޮށްފައިވަނީ ޓެކްސީތައް ފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކަށެވެ. އަދި 40،000 އަކަފޫޓްގެ ސަރަޙައްދު ޚާއްސަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި ޤަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯރ ކުރުމަށްފަހު ގެނެސް ބެހެއްޓުމަށެވެ.
ގުޅުންހުރި

ސެޓިފައިޑް ޓްރެއިނަރ ކޯހާއި ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ނިންމާލައިފި

ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި އަންހެން ފުލުސް އޮފިސަރު މަގާމުން ވަކިކޮށްފި
