
މާލޭގައި ފެންބޮޑުވުމާއި އެކު ރައްޔިތުންނަށް އެހީތެރިވުމަށް ވެމްކޯގެ އިސްވެރިންނާއި މުވައްޒަފުންވެސް މަގުތަކަށް!
# މާލެ ސިޓީ# މޫސުމީ ވިއްސާރަ 2024# ވެމްކޯ--
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެމްކޯގެ އިސްވެރިންނާއި މުވައްޒަފުންވެސް މަގުތަކަށް ނުކުމެއްޖެ އެވެ.

މިހާރު މާލޭގެ ފެން ހިންދުމުގެ މަސައްކަތް ކުރުމަށް ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތަކުގެ އިތުރުން މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގައި ވެމްކޯގެ އިސްވެރިންގެ ތެރެއިން އެމްޑީ މުޖުތަބާ ޖަލީލް އާއި ޑީއެމްޑީންވެސް އަންނަނީ މިހާރު މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން ވެމްކޯގެ މުވައްޒަފުންވެސް އެކުންފުނީގެ ވަސީލަތްތަކާއި އެކު އަންނަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
ވެމްކޯއިން ބުނީ މާލޭގެ ހަލަތާއި ގުޅޭގޮތުން ވެމްކޯގެ އިސްވެރިން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްއާއި ބައްދަލުކުރައްވާފައިވާ ކަމަށާއި އެބައްދަލުކުރެއްވުމަށްފަހު އެކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ކަމާބެހޭ ފަރާތްތަކާއި އެކު އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ވިއްސާރާގައި ލިބެމުންދާ ގެއްލުންތަކާއި އެކު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ހުރިހާ އިދާރާތަކެއް މިހާރު ވަނީ ތައްޔާރީ ހާލަތަށް ގެނެވިފައި އެވެ.
ވެމްކޯގެ އިތުރުންވެސް ސަރުކާރުގެ ގިނަ ކުންފުނިތަކަކުން އަންނަނީ ވިއްސާރާގައި ރާއްޖެއަށް ލިބެމުން އަންނަ ގެއްލުންތަކުގައި އެހީތެރިވުމަށް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.
ގުޅުންހުރި

ސިލޯނާއިއެކު ދިވެހީން: ވެމްކޯގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި
(1).jpg&w=3840&q=75)
މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސްގެ އިވެންޓް ޕާޓްނަރަކަށް ވެމްކޯ!

މިމަހުގެ 12 އިން 16 އަށް ގްރޭޓަރ މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގާ ވަގުތައް ބަދަލުތަކެއް!





