
-
މާލޭގެ މަގުމަތީގައި ހުރި ގިނަ ދުވަސްވެ ބާވެފައި ހުރި 200 އަށްވުރެ ގިނަ ސައިކަލު ނަގައިފި އެވެ.

މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި ގުޅިގެން އަންނަނީ މަގުތަކުގައި ބަހައްޓާފައި ހުރި ގިނަދުވެސްވެ ހަލާކުވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައެވެ. ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 224 ސައިކަލް ވަނީ ޓޯކޮށްފައެވެ.
މާލޭ މަގުތަކުގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ނަގަނީ މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިގޮތަށް ނަގާ ވެހިކަލްތަކާ ހަވާލުވުމަށް އޮންނަ މުއްދަތުގައި ހަވާޅު ނުވެއްޖެނަމަ ނައްތާލުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.
ގުޅުންހުރި
ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި

މާލޭގެ އިރުމައްޗާއި އުތުރުފަރާތުގެ ތޮށިގަނޑު އަލުން މަރާމާތުކޮށް ހެދުމަށް ޖަޕާނު ކުންފުންޏަކަށް!

އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ވިލިމާލެއިން 3875 ކާނު ސާފުކޮށްފި




