logoEN
cocacola
ޔަހޫދީ އިޒްރޭލުގެ އަސްކަރީ މަރުކަޒެއްގައި ރޯވެ އަނދަނީ

ޔަހޫދީ އިޒްރޭލުގެ އަސްކަރީ މަރުކަޒެއްގައި ރޯވެ އަނދަނީ

އަހުމަދު ޝުރާއު

logo

6/28/2024, 2:49:18 PM

# އިސްރާއިލް

ޔަހޫދީ އިޒްރޭލުގެ އަސްކަރީ މަރުކަޒެއްގައި ރޯވެ އަނދަމުން ދާކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ގޮސިޔާ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބެތުލެހެމްގެ ދެކުނުން ގަވައިދާ ހިލާފަށް ހަދާފައިވާ ކްފަރު އެޓްޒިއަންގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވާކަަމަށް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނާ ގޮތުގައި އަލިފާން ގަނޑު ނިއްވާލުމުގެ މަސައްކަތް ހެލިކޮޕްޓަރުތަކުން ދަނީ ކުރަމުންނެވެ. އަދި މި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރު އެސަރަހައްދުގައި ހުރި ޔަހޫދީންގެ އަސްކަރީ މަރުކަޒެއްގައި ވެސް ރޯވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައިއެވެ.

މިއީ ލުބުނާނުގެ ހިޒްބުالله އިން ދިން ހަމަލާއެއްކަމެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވާއިރު ހިޒްބުالله އިން މިއަދުވެސް ވަނީ ޔަހޫދީންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައި އެވެ.

ދާދި ދެންމެ އަކު ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ ލުބުނާނުން އެސަރަހައްދަށް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް އެއްބަސްވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ