logoEN
cocacola
އިޒްރޭލަށް ހިޒްބުاللهއިން މިރޭ ދިން ހަމަލާގައި އިޒްރޭލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާޕް މަރާލާފައިވާ ކަމުގެ އަޑުތަކެއް!

އިޒްރޭލަށް ހިޒްބުاللهއިން މިރޭ ދިން ހަމަލާގައި އިޒްރޭލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާޕް މަރާލާފައިވާ ކަމުގެ އަޑުތަކެއް!

އަހުމަދު ޝުރާއު

logo

10/13/2024, 7:40:48 PM

# އިސްރާއިލް

ހިޒްބުاللهއިން މިރޭ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ދިން ޑްރޯން ހަމަލާގައި އިޒްރޭލު އަސްކަރިއްޔާ ޗީފް އޮފް ސްޓާފް ގެ ހަރްޒީ ހަލެވީ މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

މިރޭ ހިޒްބުاللهގެ ވަރުގަދަ ހަމަލާއެއް ދީފައިވަނީ އިސްރާއީލުގެ އައްސޭރިފަށުގެ ހައިފާ އާއި ތެލްއަވީވްއާ ދެމެދު އޮންނަ ބިންޔާމިނާ އަވަށަށެވެ. ހިޒްބުالله އިން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، އެ ޖަމާއަތުން ވަނީ ބިންޔާމިނާގައި ހުންނަ އިސްރާއީލުގެ އަސްކަރީ ތަމްރީނު ކޭމްޕަކަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް ބުނެފަ އެވެ.

އިޒްރޭލު އަސްކަރިއްޔާގެ ރޭޑިއޯއާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މި ހަމަލާގައި މިހާތަނަށް 3 މީހަކު ވަނީ މަރުވެފައި އެވެ. އަދި 67 މީހަކަށް ޒަހަމްވެފައިވާއިރު 4 މީހަކަށް ދަނީ ހާލު ސީރިއަސްވެ ފަރުވާ ދެމުންނެވެ.

އެހެނިހެން ބައެއް ނޫސްތަކުން ރިޕޯޓުކުރާގޮތުގައި ބިންޔާމިނާގައި ހުންނަ ގޯލާނީ ޓްރެއިނިން ކޭމްޕަށް އަމާޒުކޮށް ހަމަލާދިން ވަގުތު އެތަނުގައި އިޒްރޭލު އަސްކަރިއްޔާ ޗީފް އޮފް ސްޓާފް ގެ ހަރްޒީ ހަލެވީ ހުއްޓެވެ. އަދި މި ހަމަލާގައި އޭނާ މަރާލާފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް މިކަން އަދި މިހާތަނަށް އިޒްރޭލު އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައި ނުވެއެވެ.

ގޯލާނީ ބްރިގޭޑަކީ ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވަމުން އަންނަ އައިޑީއެފްގެ އިންފެންޓްރީ ޔުނިޓެކެވެ.

ހިޒްބުاللهއިން ބުނާ ގޮތުގައި އިޒްރޭލަށް ދިން ހަމަލާއަކީ އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކުގައި މިއަދު 22 މީހުން ޝަހީދުވެ 117 މީހުން ޒަޚަމްވުމާ ގުޅިގެން ދިން ހަމަލާއެއް ކަމަށެވެ. ހިޒްބުالله ގެ މި ހަމަލާ ބޭރުގެ ނޫސްތަކުން ސިފަ ކުރަނީ މިހާތަނަށް އިޒްރޭލަށް ހިޒްބުاللهއިން ދިން އެންމެ ވަރުގަދަ ހަމަލާގެ ގޮތުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ