logoEN
cocacola
އިންޑިއާގެ މައި އެއާޕޯޓުގެ ފުރާޅު ގަދަ ވިއްސާރައާއި އެކު ވެއްޓި އެކަކު މަރުވެއްޖެ

އިންޑިއާގެ މައި އެއާޕޯޓުގެ ފުރާޅު ގަދަ ވިއްސާރައާއި އެކު ވެއްޓި އެކަކު މަރުވެއްޖެ

އަހުމަދު ޝުރާއު

logo

6/28/2024, 2:33:27 PM

# އިންޑިއާ

--

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އެގައުމުގެ މައި އެއާޕޯޓުގެ ޓާމިނަލް އިމާރާތެއްގެ ފުރާޅު އެއްކޮށް ވެއްޓި އެކަކު މަރުވެއްޖެ އެވެ.

ގޮސިޔާ

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގެ ފުރާޅުން ބައެއް ވެއްޓުނު ކަން ކަށަވަރުކޮށްދެއްވަމުން ސިވިލް އޭވިއޭޝަން މިނިސްޓަރު ކޭ ރާމް މޯހަން ނައިޑޫ ވިދާޅުވީ، ޓާމިނަލް އެކެއް ހުސްކޮށް، މެންދުރު ފަހު 2:30 އާ ހަމައަށް ފްލައިޓްތައް ކެންސަލްކޮށްފައިވާ ކަމަށެވެ.

ދިއްލީ ފަޔާ ސާވިސަސްގެ ޑިރެކްޓަރު އަތުލް ގަރްގް ވިދާޅުވީ ޓާމިނަލްގެ ޑޮމެސްޓިކް ޑިޕާޗާ އޭރިއާގެ ފުރާޅު ވެއްޓުމުގެ ސަބަބުން އަށް މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ބްރޯޑްކާސްޓް ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޓާމިނަލްގެ ދޮރުމަތި ސަރަހައްދުގައި ހަލާކުވެފައިވާ މެޓަލް ތަނބެއްގެ ދަށުގައި ޓެކްސީއެއް އޮތް އިރު، އެ ތަނަކީ އެތެރޭގެ އުދުހުންތަކަށް އަގުހެޔޮ އެއާލައިންތައް ކަމަށްވާ އިންޑިގޯ އާއި ސްޕައިސްޖެޓުން ބޭނުންކުރާ ޓާމިނަލް އެއްގެ ފުރާޅެވެ.

އެއާޕޯޓު އޮތޯރިޓީން ބުނީ ފުރާޅު ވެއްޓުނީ ބުރާސްފަތި ދުވަހުގެ ފަތިހު 5:30 ހާއިރު "ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން" ކަމަށެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ މިހާދިސާގައި ޒަހަމްވެފައިވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމާއި ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިމަޖެންސީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނިއުސް އެޖެންސީން ބުނީ ފުރާޅުގެ އިތުރުން ބައެއް ސަޕޯޓް ބީމްތައް ވެސް ވެއްޓި ޓާމިނަލްގެ ޕިކަޕް އަދި ޑްރޮޕް އޮފް ސަރަހައްދުގައި ހުރި ކާރުތަކަށް ގެއްލުންވެފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ