logoEN
cocacola
އުރީދޫ ފަންރަން އަށް ލާމު އަތޮޅަށް ދަތުކުރައްވާ ފަރާތްތަކަށް މޯލްޑިވިއަންގެ ހާއްސަ ފެއަރ އެއް

އުރީދޫ ފަންރަން އަށް ލާމު އަތޮޅަށް ދަތުކުރައްވާ ފަރާތްތަކަށް މޯލްޑިވިއަންގެ ހާއްސަ ފެއަރ އެއް

އަލްފާ އަލީ

logo

6/27/2024, 6:54:31 PM

# މޯލްޑިވިއަން

-

އުރީދޫ ފަންރަން އަށް ލާމު އަތޮޅަށް ދަތުކުރައްވާ ފަރާތްތަކަށް މޯލްޑިވިއަނުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ގޮސިޔާ

އުރީދޫއިން މިއަހަރު ބާއްވާ "އުރީދޫ ފަން ރަން އިން ލާމު" ގެ ޓްރެވެލް ޕާޓްނަރު މޯލްޑިވިއަން އިން ވަނީ މި އިވެންޓަށް މާލެއިން ކައްދޫއަށް ދަތުރުކުރައްވާ ފަރާތްތަކަށް ހާއްސަ އަގެއްގައި ޓިކެޓް ގަތުމަށް ހުޅުވާލާފައެވެ.

އުރީދޫ ފަން ރަން ގައި ބައިވެރީންނަށް މޯލްޑިވިއަން އިން ހުޅުވާލި ފެއަރ ގައި 2488 ރުފިޔާއަށް މާލެ - ކައްދޫގެ ދެކޮޅު ޓިކެޓް ބައްލަވައިގަންނަން ލިބޭނެ އެވެ.

ޖުލައި މަހުގެ 5 ވާ ހުކުރު ދުވަހު ލ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން ވެސް ވެގެންދާނީ ބައިވެރިންނަށް އުފާވެރި މަޖާ ތަޖުރިބާއަކަށެވެ. ކޮންމެ ކިލޯމީޓަރެއްގައި ވެސް ފޯމް، ފެން ނުވަތަ އޮބްސްޓަކަލް ކޯސް ބަހައްޓާފައި ހުންނާނެ އެވެ.

ޓިކެޓް ބައްލަވައިގަންނަން ލިބޭ ދުވަސްތައް

  1. ޖުލައި މަހުގެ 4- 5 ވަނަ ދުވަހުގެ ނިޔަލަށް މާލެއިން ކައްދޫއަށް
  2. ޖުލައި މަހުގެ 6- 7 ވަނަ ދުވަހުގެ ނިޔަލަށް ކައްދޫއިން މާލެއަށް

މި ދުވުމުގެ ބައިވެރީން މި ފެއަރ ގައި ޓިކެޓް ބައްލަވައިގަތުމަށް އޯޑަރ އައިޑީއާއެކު އަށް އީމެއިލް ކުރުމަށް މޯލްޑިވިއަން އިން ވަނީ އެދިލައްވާފައެވެ. އަދި އީމެއިލް ފޮނުވާއިރު ސަބްޖެކްޓްގައި Ooredoo Fun Run Laamu ޖެއްސެވުމަށް ވެސް ވަނީ އެދިލައްވާފައެވެ.

މޯލްޑިވިއަންގެ އެމްޑީ އިބްރާހިމް އިޔާސް ވިދާޅުވީ, އުރީދޫ ފަން ރަންގެ ޕާޓްނަރެއްގެ ގޮތުގައި މިފަދަ އޮފަރ އެއް ހުޅުވާލީ މި އުފާވެރި މަޖާ އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ގިނަ ބަޔަކަށް ފަހިކޮށްދިނުމަށް ކަމަށެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، ލ އަތޮޅުގައި މި ހަކަރާތް ކުރިޔަށް ގެންދިޔުމުންނާއި މޯލްޑިވިއަންގެ އާ އޮފާތަކުގެ ސަބަބުން މި އިވެންޓްގައި ބައިވެރިވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"އުރީދޫ ފަން ރަން - ލާމުގައި މޯލްޑިވިއަން ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ހަރަކާތަކީ ލ. އަތޮޅުގެ ހިތްގައިމު މާހައުލުގައި ސިއްހަތާއި ދުޅަހެޔޮކަމާއި އެއްބައިވަންތަކަމުގެ އުފާފާޅުކުރުމުގެ ހަރަކާތެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ހާއްސަ އެއާފެއާގެ ސަބަބުން އިތުރު ބައިވެރިންނަށް މި ރަންގައި ބައިވެރި ވުމަށް ފަސޭހަވެގެންދާނެ." ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫ ފަން ރަން - ލާމު އެޑިޝަން ގެ މައުލޫމާތު ހޯދުމަށް http://ore.do/funrun2024 އަށް ޒިޔާރަތްކޮށްލައްވާށެވެ. އަދި ލ.ކައްދޫއަށް ކުރާ ދަތުރުތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް www.maldivian.aero އަށް ޒިޔާރަތްކޮށްލައްވާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ