logoEN
cocacola
ޔަހޫދީ އިޒްރޭލުގެ ސެކިއުރިޓީ ކައުންސިލް މިރޭ އެއްވަނީ,  ލުބުނާނާއި ދެކޮޅަށް ހަނގުރާމަ ފަށާ ކަމުގެ އިޝާރާތެއް!

ޔަހޫދީ އިޒްރޭލުގެ ސެކިއުރިޓީ ކައުންސިލް މިރޭ އެއްވަނީ, ލުބުނާނާއި ދެކޮޅަށް ހަނގުރާމަ ފަށާ ކަމުގެ އިޝާރާތެއް!

އަހުމަދު ޝުރާއު

logo

6/27/2024, 2:29:17 PM

# ހިޒްބުالله# އިސްރާއިލް

ލުބުނާނާއި ދެކޮޅަށް ހަނގުރާމަ ފަށަން އިޒްރޭލުން ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީން މިރޭގެ ވަގުތެއްގައި ލުބުނާނަށް ސީދާ ހަމަލާތައް ދޭން ފަށަން ތައްޔާރުވެފައިވާ ކަމަށް ޔަހޫދީންގެ މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައި އެވެ.

އަދި މިރޭގެ ވަގުތެއްގައި އިޒްރޭލުގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްވެސް ބާއްވާން ތާވަލުކޮށްފައިވާކަމަށް އަލްޖަޒީރާއިން ދާދި ދެންމެ އަކު ވަނީ ބުނެފައި އެވެ. އެގޮތުން ބޮޑުވަޒީރު ޖައްބާރު ނަތަންޔާހޫގެ އޮފީހުގެ އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަތަންޔާހޫ ހަނގުރާމައިގެ ކެބިނެޓް އުވާލުމާ އެކު ހަނގުރާމައިގެ ނިންމުންތައް ނިންމުމުގެ މައި އިދާރާ ކަމަށްވާ އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓް މިރޭ ބައްދަލުކުރާނެ އެވެ.

މި ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި މިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ސިޓީގެ ޝުޖާޔާއަށް ކުއްލި ގޮތަކަށް ހަމަލާދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދި ލުބުނާނުގެ ހިޒްބުالله ޖަމާއަތާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި މިއަދު އެމެރިކާއިން ޓްރެވެލް އެޑްވައިޒަރީއެއް ނެރެފައިވަނީވެސް ޔަހޫދީންގެ ނިންމުމުގެ މައުލޫމާތު ކުރިޔާލާ އިނގުމުން ކަމަށް ބެލެވެއެވެ.

ޔަހޫދީން މިއަދު ވަނީ ލުބުނާނުގެ ބޯޑަރު ކައިރީގައި އެކްސަސައިޒްތަކެއްވެސް ކުރިޔަށް ގެންގޮސްފައި އެވެ.

ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ވަނީ ޔަހޫދީން ހަމަލާދީފި ނަމަ މުޅި އިޒްރޭލު ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރުވެސް ދީފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ