--
އައްޑޫ ސިޓީގައި ތަރައްޤީކުރަމުން އަންނަ ޑީޓުއަރ ބްރިޖު ( ހަންކެޑެ ) ބްރިޖުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއިން ހާމަކޮށްފި އެވެ.
އިންފްރާސްޓްރަކްޗަ މިނިސްޓްރީއިން މިއަދު ބުނީ އައްޑޫ ސިޓީގެ މަގުހެދުމާއި ފެންހިންދާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގައި ހިމެނޭ ޑީޓުއަރ ބްރިޖު މަސައްކަތުގެ %95 މިހާރުވަނީ ނިމިފައި ކަމަށެވެ.
އަދި މި ބްރިޖުގެ ކުރިއަށްހުރި މަސައްކަތްތަކުގެތެރޭގައި ކްރޭޝް ބެރިއަރ އަދި އެކްސްޕޭންޝަން ޖޮއިންޓް ހަރުކުރުމާ , މި މަސައްކަތްކުރުމަށް ވަގުތީގޮތުން އަޅާފައިވާ ވެލިތަށް ބްރިޖުގެދަށުން ނެގުން ހިމެނޭ ކަމަށް ވެސް ވަނީ ބުނެފައި އެވެ.
މި ބްރިޖަކީ ލިންކް ރޯޑުން ގޮސް ވަކިން އޮންނަ ރަށެއް ކަމަށްވާ ހަންކެޑެ ބޭރުން ހުޅަނގު ދެކުނުން އަޅަމުންދާ ބްރިޖެކެވެ. މި ބްރިޖުގެ ދިގު މިނުގައި 631.4 ކިލޯމީޓަރު ހުންނާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
މި ބްރިޖު އަޅަމުންދަނީ އައްޑޫ ސިޓީގެ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުން ކުރަމުން ދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާ ގުޅާލުމަށެވެ.