logoEN
cocacola
އައްޑޫއިން ކަރަންޓު ކެނޑުނީ އެޗްވީ ކޭބަލްއަށް ދިމާވި މައްސަލައަކާއި ގުޅިގެން - ފެނަކަ

އައްޑޫއިން ކަރަންޓު ކެނޑުނީ އެޗްވީ ކޭބަލްއަށް ދިމާވި މައްސަލައަކާއި ގުޅިގެން - ފެނަކަ

އަހުމަދު ޝުރާއު

logo

7/22/2024, 6:58:06 PM

# އައްޑޫ ސިޓީ# ފެނަކަ ކޯޕަރޭޝަން

--

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުނީ އެޗްވީ ކޭބަލްއަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ގޮސިޔާ

ފެނަކައިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެޗްވީ ކޭބަލްއަށް ދިމާވި މައްސަލައަކާއި ގުޅިގެން ސ.ހިތަދޫ ސީ.ޕީ.އެސްއާ ގުޅިފައިވާ ރަށްތަކުން މިރޭ 10:28 ގައި ވަނީ ކުއްލިގޮތަކަށް ކަރަންޓު ކެނޑިފައި ކަމަށެވެ.

މިއާއި އެކު ޖަނަރޭޓަރުތައް އަލުން ހިންގައި، ހިތަދޫގެ ބައެއް ސަރަހައްދުތައް ފިޔަވައި، ގުޅިފައިވާ ރަށްތަކުގައި ކަރަންޓް އިޔާދަ ކުރުމުގެ މަސައްކަތްވަނީ ފެށިފައި ކަމަށް އެކުންފުނިން ވަނީ ބުނެފައި އެވެ.

އަދި ހިތަދޫގެ ލޯޑު ނުދެވިހުރި ސަރަހައްދުތަކަށް ލޯޑު ދިނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު ރައްޔިތުންނަށް ކުރިމަތި ވާނެ އުނދަގޫތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައި އެވެ.

އައްޑޫއަށް މިގޮތަށް ދިމާވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ