logoEN
cocacola
ޗެކް ރިޕަބްލިކް ކަޓުވާލުމަށްފަހު ތުރުކީ ދެވަނަ ބުރަށް

ޗެކް ރިޕަބްލިކް ކަޓުވާލުމަށްފަހު ތުރުކީ ދެވަނަ ބުރަށް

ހަސަން ޝަމްއޫން

logo

6/27/2024, 12:27:27 AM

# ޔޫރޯ 2024# ބޭރު ދުނިޔޭގެ ކުޅިވަރު

ތުރުކީއާއި ކެޗް ރިޕަބްލިކް ވާދަކުރި މެޗުގެ ތެރެއިން

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ 2024 ގެ ގުރޫޕް އެފްގައި ތުރުކީ އާއި ޗެކް ރިޕަބްލިކް ވާދަކުރި ފޯރިގަދަ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ތުރުކީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

މުބާރަތުގައި ތުރުކީން ކުޅުނު ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން ޖޯޖިއާ އަތުން އެޓީމު މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ޕޯޗުގަލް އަތުން އެޓީމު ބަލިވީ 3-0 ގެނަތީޖާއަކުންނެވެ. އަދި ޗެކް ރިޕަބްލިކްގެ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް އަތުން ބަލިވިއިރު، އެޓީމުން ޖޯޖިއާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުގެންދިޔައިރު، މިމެޗުގައި ޗެކް ރިޕަބްލިކަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ، ފުރަތަމަ ހާފުގެ 20 ވަނަ މިނެޓްގައި ޗެކުގެ އެންޓޮނިން ބަރަކާ ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި އޭނާ ދަނޑުން ފޮނުވާލުމުންނެވެ.

މިއާއެކު މެޗުގެ ބާކީ ބައި އެޓީމުން ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އަދި މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު،މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ތުރުކީ އިންނެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހަކާން ޗަލަނޮގްލޫއެވެ.

އެއްކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޗެކުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފު 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ސޯޗެކްއެވެ. އަދި މިލަނޑާއެކު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިއޮވެ މެޗު ނިމެންދަނިކޮށް ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ތުރުކީން ވަނީ އިތުރު ލަނޑެއް ކާމިޔާކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ތުރުކީ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހަމަކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ތެރޭގައި ތުރުކީ ދެވަނަ ބުރުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ޗެކު ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު މުބާރާތް ނިންމާލީ ގުރޫޕް ފުލުގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ