
-
ސްޓެލްކޯގެ މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާ ކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮށްފި އެވެ.

ސްޓެލްކޯއިން ކުރިއަށް ގެންދިޔަ މިހަރަކާތަކީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި އެކުންފުނިން ބައިވެރިވުމުގެ ގޮތުން އެކުންފުނިން އިސްނަގައިގެން މޯލްޑިވިއަން ބްލަޑް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގައި ލޭ ހަދިޔާ ކުރުމަށް 100 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން ވޮލަންޓިއަރކޮށްފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މިފަދަ ދާއިރާތަކުން މުޖުތަމަޢުއަށް ޚިދުމަތްކުރުމުގައި ސްޓެލްކޯ އިސްނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މި ހަރަކާތަށް ސްޓެލްކޯ މުވައްޒަފުންގެ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު, ކޮންމެ އަހަރަކުވެސް މި ހަރަކާތް ކުރިއަށް ގެންދިޔުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.
މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އެކުންފުނިން ވަނީ ޝުކުރުއަދާކޮށްފައެވެ.
ގުޅުންހުރި

ސްޓެލްކޯގެ މުސްތަގުބަލަށް ލީޑަރުން ބިނާކުރަން ޔުނިޓް ހެޑުންނަށް ހިންގި ޚާއްސަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

މ. އަތޮޅުގެ 8 ރަށެއްގެ ޔޫޓިލިޓީ ޚިދުމަތްތައް ފެނަކައިން ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކޮށްފި

ސްޓެލްކޯގެ އަހަރީ "ސްޓާފް ނައިޓް" ކުލަގަދަކޮށް ބާއްވައި މުވައްޒަފުންގެ އަގު ވަޒަންކޮށްފި




