logoEN
cocacola
ނެޝަނަލް ޑްރަގް އެޖެންސީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި

ނެޝަނަލް ޑްރަގް އެޖެންސީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި

އަހުމަދު ޝުރާއު

logo

6/26/2024, 1:03:01 PM

# އެމްޑީޕީ

--

ނެޝަނަލް ޑްރަގް އެޖެންސީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން އިދިކޮޅު އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގޮސިޔާ

އެމްޑީޕީއިން މިއަދު ވަނީ ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ބަޔާނެއް ނެރެފައި އެވެ.

އެބަޔާނުގައި ބުނެފައިވަނީ އެމްޑީޕީއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ކޮށްފައިވާ މަސައްކަތްތައް ފަހުރުވެރިކަމާއިއެކު ފާހަގަކުރާ ކަމަށެވެ. އަދި މިއަދު ފާހަގަކުރާ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ޝިޔާރަކީ “އިންވެސްޓް އިން ޕްރިވެންޝަން”، މި ޝިޔާރަކި އެމްޑީޕީގެ އުސޫލްތަކާއި މިންގަޑުތަކާއި ވަރަށް އެއްގޮތް ޝިޔާރެއް ކަމަށާއި އެޕާޓީއިން ގަބޫލުކުރަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަކީ ސައިންސުގެ ހެކީގެ އަލީގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ވާންޖެހޭނެކަމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކަކީ ސިއްޙީ މައްސަލައެއްގެ ގޮތުގައ ކަމަށާއި އަދި ދިވެހިރާއްޖެ ސޮއި ކޮށްފައިވާ ޔޫ.އެންގެ މުޢާހަދާތަކުންވެސް ބާރުއަޅަނީ މިމަގަށް ކަމަށް އެޕާޓީއިން ބުނެއެވެ.

މިކަން މިހެން އޮތްހިނދު، ސަރުކާރުން މިނިސްޓްރީ އޮފް ހެލްތްގެ ދަށުގައި އޮތް ނެޝަނަލް ޑްރަގް އެޖެންސީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށްބަދަލު ކުރުމަކީ އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށާއި ޤާނޫނުގަ ބަޔާން ކުރާ ނެޝަނަލް ޑްރަގްސް ކޮންޓްރޯލް ކައުންސިލް އެކުލަވާލާފައި ނެތުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށް އެމްޑީޕީއިން ބުނެއެވެ.

އެމްޑީޕީއިން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ތަޖުރިބާ ކާރުންނާއި ޑަބްލިއުއެޗްއޯ އަދި ޔޫއެންއޯޑީސީއާއި އެކު ކޮށްފައިވާ ދިރާސާތަކާއި މަސައްކަތްތައް ތަންފީޒުކުރުމަށް އެޕާޓީއިން ވަނީ ސަރުކާރަށް ގޮވާލާފައި އެވެ. އަދި މިއަހަރުގެ ޝިއާރާއި އެއްގޮތަށް ޕްރިވެންޝަން އިސްކޮށް ދުރާލާ މިކަމަށް ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ